އިގުތިސޯދީ ގޮތުން ދިވެހިންނަށް މިއަހަރު ދައްޗާ ކުރިމަތިވާނެ: ޔާމީން

ދެހާސް ބާރަ ވަނަ އަހަރަކީ އިގްތިސާދީ ގޮތުން ދިވެހިންނަށް ދަތިތަކާ ކުރިމަތިވާނެ އަހަރެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީގެ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ކުރިން ޓްރޭޑް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިގްތިސޯދީ މާހިރު، ޔާމީން މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ޕީޕީއެމްގެ އޮފީހުގައި ވިދާޅުވީ މިއަހަރު ފެށުމާ އެކު ރައްޔިތުން ދައްކަން ޖެހޭ ޖީއެސްޓީ ހަ ޕަސެންޓަށް މަތިވެގެން ދިއުމާއި ރާއްޖެ އަށް އެތެރެކުރާ ހުރިހާ މުދަލަކުން ޑިއުޓީ ކަނޑައިނުލުމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގު ތިރި ނުކެރެވި އިގްތިސޯދީ ގޮތުން ދަތި އަހަރަކަށް ވެގެން ދާނެ ކަމަށެވެ.
ޔާމިން ވިދާޅުވީ ސަރުކާރުން މި އަހަރު ފާގަތި އަހަރަކަށް ވާނެ ކަމަށް ބުނެ މުދާލައި ތަކެތީގެ އަގު ހެޔޮވާނެކަމަށް ބުނެފައި ވަނީ މުދަލުން ޑިއުޓީ ނުނަގާ އަހަރެއް ކަމަށް ބުނަމުން ކަމަށާއި ނަމަވެސް ހަގީގަތަކީ މި އަހަރުގެ ބަޖެޓަކީ ހިލޭ ޑިއުޓީ ފްރީ ބަޖެޓެއް ނޫންކަން ސަރުކާރުގެ ހިސާބުތަކުން ފެންނަން އޮތުމާ އެކު ޑިއުޓީ އަށް ނަގާ ފައިސާ އަށް ވުރެ ޖީއެސްޓީ އަށް ނަގާ ފައިސާ އިތުރުވުމުމުން ފްރީ ޑިއުޓީގެ ފައިދާ ނުފެނުން ކަމަށެވެ.
"ޖީއެސްޓީ އަކީ ކަސްޓަމް ޑިއުޓީ އަށް ވުރެ މާގިނަ އަދަދެއްގެ ފައިސާ ގޮތުގައި ނަގާ ޑިއުޓީއެއް. ޑިއުޓީ ފުރީކޮށްފައި ޖީއެސްޓީއެއް ނެގުމަކުން ވިޔަފާރިވެރިން ވިއްކާ މުދަލުން އަގު ހެޔޮވާނެ ގޮތަކީ އެއް ގޮތަކަށް ވެސް ވާނެ ކަމެއްނުން،" ޔާމިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިގްތިސާދީ ގޮތުން މިއަހަރު ވެސް ދިމާވާނެ އެންމެ ބޮޑު އެއް މައްސަލައަކީ ދިވެހި ފައިސާގެ އަގު ވެއްޓި މިހާރު ބްލެކްމާކެޓުން ޑޮލަރު ގަންނަން ލިބޭ އަދަދު ކަމަށްވާ 17 ރ. އަށް ވެސް ޑޮލަރެއް ގަންނަން ނުލިބުން ކަމަށެވެ. އަދި ވިދާޅުވީ މި އަހަރުގެ މެދެއްހާ ތާނގައި ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުކޮށް ދިވެހި ފައިސާގެ އަގު އިތުރަށް ވައްޓާލަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ މިއަހަރަށް 17 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވީ ނަމަވެސް އޭގެތެރޭގައި ހިމެނޭ އާއްމު އިންޝުއަރެންސް ޕެކޭޖް ފިޔަވައި ދެން ހޭދަކުރަން ސަރުކާރުން ކަނޑައަޅާފައިވާ ގިނަ ކަންތައްތަކަށް ހަރަދުކުރަން ކަނޑައަޅާފައިވާ ހޭދަތަކަކީ ސަރުކާރުގައި ހުރި ފައިސާ އިން ހަރަދުކުރުމަށް ކަނޑައަޅާފައިވާ ފައިސާ ނޫން ކަމަށާއި އެފަދަ ކަންތަކަށް ފައިސާ ހަރަދުކުރުމަށް ނިންމާފައި ވަނީ ލޯން ނަގައިގެން ކަމަށެވެ.
"ސަރުކާރަށް ސަރުކާރުގެ ހޭދަތަކުން ޓެކްސާ އާއި ކުންފުނިތަކުން އާމްދަނީއާ އެކު ލިބޭ ޖުމްލަ ފައިސާގެ އަދަދަކީ 10.8 ބިލިއަން ރުފިޔާ ސަރުކާރުގެ އޮފީސްތަކުން ހޭދަކުރަން ޖެހޭ އެއްޗެއްގެ އަދަދު މިއުޅެނީ ގާތްގަނޑަކަށް 11 ބިލއަން ރުފިޔާގައި، އެހެންވީމަ ބޭރުން ލޯނު ނުގައި ޓްރެޝަރީ ބިލް ނުވިއްކައި ސަރުކާރުން މި ލިބޭ ފައިސާ އިން ކުރަން ޖެހޭ ހޭދަ މިވަނީ އިތުރު ވެފައި،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަންކަން ފޫބެއްދުމަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ބަޖެޓްގައި ހިމަނާފައި ނެތުމުން އާމްދަނީ ހޯދުމަށް ސަރުކާރުގެ އަތްމަތީގައި ހަމައެކަނި އޮތީ ފަސް ބިލިއަން ރުފިޔާގެ ލޯނެއް ނެގުން ކަމަށެވެ. ސަރުކާރުން ނެގުމަށް ކަނަޑައަޅާފައިވާ ލޯން ނުލިބިއްޖެ ނަމަ ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވެ ލޯންތަކުގެ އިންޓްރެސްޓް ދެއްކުމަށް ވެސް ދަތިވެގެން ދާނެ ކަމަށެވެ.
"އެ ނަގާ ލޯންތަކުގެ ބޮޑު ބައިވެސް ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ބޭނުން ކުރެވޭނީ މިހާރު ނަގާފައިވަ ލޯނުގެ އިންޓްރެސްޓާއި ޕްރިންސިޕަލް ފީ ޕޭކުރަން. އަލަށް ކަނޑައަޅާ ތަރައްގީ މަޝްރޫއުތަކަށް ހަރަދުކުރެވޭނީ އޭގެން ކުޑަ ޕަސެންޓެއް،"
ޔާމިން ވިދާޅުވީ ބޮޑު ބަޖެޓެއް ފާސްކުރެވުނުތަނާ މާގިނަ ދުވަސްތަކެއް ނުވަނީސް ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒާއި ފައިނޭންސް ކޮންޓްރޯލާ އާއި އެފަދަ އިސް ބޭފުޅުން އިސްތިއުފާ ދެއްވުމަކީ ވެސް އެފަދަ ބޮޑު ބަޖެޓެއް ސަރުކާރުން މެނޭޖްކުރުމަށް ވަރަށް ބޮޑު ދަތިތަކެއް ފޯރާނެ ކަމެއް ކަމަށާއި އަލަށް ފައިނޭންސް މިނިސްޓަރުކަމާއި ހަވާލުވެލައްވާ ބޭފުޅަކީ ބަޖެޓް ހިންގޭނެކަމުގެ ކޮންފިޑޭންސް އޮންނަ ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ Abdhullah Yaameen (mp3)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ