ނަޝީދަށް ހަމަލާދޭން ރާވާ ހިތްވަރު ދިން މީހަކު މިއަދު ހައްުޔަރު ކޮށްފި

ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭން ރާވާ ހިއްތަވްރު ދިން މީހަކު މިއަދު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެމީހަކީ ހއ ހޯރަފުށީ އަލަނާސިގެ މުހައްމަދު ތަސްލީމް ކަމަށެވެ.
މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ގަބޫލު ކުރާ ގޮތުން ރައީސް ނަޝީދަކީ "ކާފަރެއް" ކަމަށާއި "މަރާލަން ޖެހޭ މީހެއް" ކަމަށް ބުނާކަމަށެވެ. އަދި އޭނާ ވަނީ ހަރުކަށި ފިކުރުގެ ސެލްއަށް މީހުން ވެއްދުމަށް މަސައްކަތް ކޮށްފައި ވާ ކަަމަށެވެ.
މިމައްސަލައިގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މޭ 6 ގެ ހަމަލާގެ މޯޓިވް ނުވަތަ ބޭނުނަކީ ރައީސް ނަޝީދު އަވަހާރަ ކޮށްލުން ކަމަށާއި އެ ހަމަލާ ދީފައި ވަނީ ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ ބޭފުޅެއް ކަމަށް ކަނޑައަަޅާ އެމީހުން އަމިއްލައަށް ރައީސް ނަޝީދުގެ ލޭ ހުއްދަކޮށްގެން ކަމަށެވެ.
ތަފްސީލު އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ