"ދޫމް 4" ގައި ފެނިގެންދާނީ އަކްޝޭ!

ބޮލީވުޑްގެ ކާމިޔާބު ފިލްމު ސީރީޒް، "ދޫމް 4" ގައި ފެނިގެންދާނީ އަކްޝޭ ކުމާރު ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
Advertisement
ބޮލީވުޑްގެ ކާމިޔާބު ފިލްމު ސީރީޒް، "ދޫމް 4" ގައި ފެނިގެންދާނީ އަކްޝޭ ކުމާރު ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި "ދޫމް 4"އަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ލީޑު ރޯލަށް އަކްޝޭ ހަމަޖެއްސުމަށް ވާހަކަ ދައްކަމުންދާ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.
އެކަމާ ގުޅޭގޮތުން އަކްޝޭ އަދި އެއްްޗެއް ބުނެފައި ނުވާއިރު ގިނަ ބަޔަކު މިހާރު ތިބީ އެކަމާ ގުޅޭގޮތުން އަކްޝޭ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.
ދޫމްގެ ފުރަތަމަ ބައިން ލީޑު ރޯލުން ފެނިގެންދިޔައީ ޖޯން އަބްރަހަމް އާއި އީޝާ ޑިއޯލްއެވެ. ފިލްމުގެ ދެވަނަ ބައިން ރިތިކް ރޯޝަން އާއި އައިޝްވާރިއާ ރާއީ ފެނިގެންދިޔައިރު ތިން ވަނަ ބައިން ފެނިގެންދިޔައީ އާމިރް ހާން އަދި ކެޓްރީނާ އެވެ. ފިލްމުގެ ހުރިހާ ބަޔަކުން ވެސް ފުލުހެއްގެ ރޯލުން ފެނިގެންދިޔައީ އަބީޝޭކް ބައްޗަނެވެ. އޭނާ އާއެކު އުދޭ ޗޯޕްރާ ވެސް ކޮންމެ ފިލްމަކުން ފެނިގެން ދިޔައެވެ.
އަކްޝޭ އެންމެ ފަހުން ފެނިގެންދިޔައީ ހައުސްފުލް 4 އިންނެވެ. އެފިލްމު ނެރެފައިވަނީ އިއްޔެއެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސޫރްޔަވަންޝީ އަދި ގުޑް ނިއުސް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ