ފަރިތަކުރުންތަކަށް އެނބުރި ގޮސް ކެރިޔަރާއިމެދު ކޯޗާއި މަޝްވަރާކުރާނަން: ނަސްރީ

ކްލަބް ދޫކޮށްލާނެކަމުގެ އިންޒާ އާސެން ވެންގާއަށް ދީފައިވާ އާސެނަލްގެ ފްރާންސް ތަރި ސާމިރް ނަސްރީ ކްލަބުގެ ފަރިތަކުރުމަށް އެނބުރި ގޮސް ކެރިޔަރާއިމެދު ކޯޗާއި މަޝްވަރާކުރާނެ ކަމަށް ބުނެފި އެވެ.
އިނގިރޭސި ތިން ކްލަބެއްކަމަށްވާ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި މެންޗެސްޓާ ސިޓީން ހޯދަން މަސައްކަތްކުރަމުންދާ ނަސްރީ ވެންގާއާ މަޝްވަރާކުރާނީ އާސެނަލް ދޫކޮށް ދިއުމާއި މެދުކަމަށް ރިޕޯޓްތައް ބުނަމުންދެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ނަސްރީ ހޯދަން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅި 20 މިލިޔަން ޕައުންޑަށް އާސެނަލް އިން ވަނީ ގަބޫލު ނުކޮށް ދޫކޮށްލައިފަ އެވެ.
"އަންނަ ސީޒަންގެ ފަރިތަކުރުންތަކަށް އެނބުރި ގޮސް ކެރިޔަރާއިމެދު ކޯޗް ވެންގާއާއި ވާހަކަދައްކާނަން." ނަސްރީ ބުންޏެވެ.
އަންނަ ސީޒަންގައި މުހިންމު ކުޅުންތެރިންތަކެއް އާސެނަލްއިން ގެއްލިދާނެކަމުގެ ބިރު ހީވެފައިވީނަމަވެސް އާސެނަލްގެ ކޯޗް ވެންގާ ޓްރާންސްފާ ކަންތަކާއި މެދު ސަމާލުކަން ބަހައްޓަމުން ނުދާކަމަށް މީޑިޔާގައި ދެކެވެމުންދާ ވާހަކަތަކުން އެނގެއެވެ. އިތުރު ކުޅުންތެރިންތަކެއް ހޯދުމަށް މަސައްކަތް ނުކުރިނަމަވެސް ވެންގާގެ ފަރާތުން މިފެންނަނީ ކުޅުންތެރިން ދޫނުކުރުމުގެ އަޒުމެވެ.
މެންޗެސްޓާ ސިޓީއަށް ހޯދުމަށް މަސައްކަތްކުރި އުޑުނޭސީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ހޯދުމަށް ކުރި މަސައްކަތް ދޫކޮށްލުމުގެ ސަބަބުން އެކި ގޮތްގޮތުން އާސެނަލް ދޫކޮށްލާނެކަމުގެ ހަބަރުދެމުންދާ ނަސްރީ ހޯދުމަށް މަސައްކަތްކުރުމަށް އެކްލަބަށް މިހާރުވަނީ މަޖުބޫރުވެފައެވެ.
ޗެލްސީއިން މިދިޔަ ސީޒަން ނިމުމާއިއެކު ހޯދުމަށް މަސައްކަތްކުރަމުންދާ ޓޮޓެންހަމްގެ ކޮރެއޭޝިޔަރުގެ މިޑްފީލްޑަރު މޮޑްރިޗް ދޫނުކުރާނެކަމަށް ޓޮޓެންހަމްއިން ބުނަމުން ގެންދާތީ ނަސްރީ ހޯދުމަށް މަސައްކަތްކުރަމުންދާ ލިސްޓަށް ޗެލްސީ ވެސް ވަނީ އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ