ލަންކާގައި ނާދެވިފައި ތިބި ސަތޭކަ ދިވެއްސަކު މޯލްޑިވިއަން ގައި ރާއްޖެ ގެނެސްފި

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެ ގައުމުން ރާއްޖެއަށް ނާދެވިފައިތިބި 100 ދިވެހިން މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މިރޭ ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަނުން ބުނެފައިވައނީ މިރޭ 9:45 ގައި ރާއްޖެ އައި މަތިންދާބޯޓުގައި 100 ދިވެހިން އައިސްފައިވާ ކަމަށެވެ.
މިއީ މޯލްޑިވިއަނުން 4،626 ރުފިޔާއަށް ޓިކެޓެއް ވިއްކައިގެން ރާއްޖެ ގެނައި ދިވެހިންނެވެ. 
މީގެއިތުރުން މާދަމާ އިންޑިއާގައި ތިބި ދިވެހިންގެ ތެރެއިން ބައެއް މީހުން ވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި ގެނައުމަށް ވަނީ ނިންމައިފައެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ން ނިންމާފައިވަނީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން 14 ދުވަހަށް ކަރަންޓީން ފެސިލިޓީއެއްގައި ތިބެން ޖެހޭގޮތަށެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ