ރިސޯޓެއްގެ ތިޖޫރި ފަޅާލައި ފައިސާ އާއި ޕާސްޕޯޓްތަކެއް ވަގަށް ނަގައިފި

އދ. ވިލަމެންދޫ ރިސޯޓުގެ އޮފީހުގައި ހުރި ތިޖޫރީއެއް ވަގަށް ނަގައި، ތިޖޫރީ ހަލާކުކޮށްލައިގެން ވައްކަން ކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިސޯޓުގެ ތިޖޫރީ ވަގަށް ނަގާފައިވާ މައްސަލަ ފުލުހންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:59 ހާއިރު ކަމަށެވެ. ތިޖޫރީ ވަގަށް ނެގުމަށްފަހު، ތިޖޫރީ ހަލާކު ކޮށްލައިގެން ވައްކަންކޮށް އޮފީހުގެ ގުދަން ތެރެއަށް ތިޖޫރީ އެއްލާލާފައި އޮއްވާ ފެނިފައިވާ ކަަމަށް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ތިޖޫރީން ވަގަށް ނަގާފައި ވަނީ 80 ޑޮލަރާއި 230 ރުފިޔާގެ އިތުރުން 57 ޕާސްޕޯޓެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ