ކ އަތޮޅުން ވ އަތޮޅަށް ޔެލޯ އެލާޓު ނެރެފި

މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އިން ކ އަތޮޅުން ވ އަތޮޅަށް ޔެލޯ އެލާޓު ނެރެފިއެވެ.
އެލާޓު ނެރެފައިވަނީ މިރޭ 20:20 އިން 00:00 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ވިލާގަނޑުގަ 45 މޭލަށް ވައި ގަދަވާނެކަމަށެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން ، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އަދި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވޭ،" މެޓް އޮފީހުން ބުންޏެވެ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ