ފުވައްމުލަކު ނެރުމައްޗަށް އުރުނު މަސްދޯނި ފުންކޮށްފި

ފުވައްމުލަކު ނެރުމައްޗަށް އެރުނު މަސްދޯނި ދޯނި އެރަށު ރައްޔިތުންނާއި ސިފައިންވެގެން ފުންކޮށްފި އެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ، އެދޯނި ފަރުމައްޗަށް އެރީ މިއަދު ހެނދުނު 9:00 އެހާއިރު ކަމަށާއި އެދޯންޏަކީ 40 ފޫޓުގެ "ރިޔާ" ނަމަކަށް ކިޔާ މަސް ދޯންޏެއް ކަމަށެވެ.
އަދި ދޯނި ފުންކުރެވުނީ ސިފައިނާއި ރަށުގެ ރައްޔިތުން ކުރި މަސައްކަތުން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ފުވައްމުލަކު ކައުންސިލުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ