މެންޗެސްޓާ ލީގު ހަތަރު ޕޮއިންޓަށް ފުޅާކޮށްފި

ވިގަން އެތްލެޓިކް ހަތަރު ލަނޑުން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި ލީގު ތާވަލުގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.
މެންޗެސްޓާ އަށް ލަނޑު ޖަހައިދިނީ މެކްސިކޯގެ ހާވިއާ ހަނާންޑޭޒް އާއި ފަހު ދެ ލަނޑު ޖެހި ވޭން ރޫނީ އާއި ފަބިއޯ ޑަސިލްވާ އެވެ.
މި ނަތީޖާއެކު މެންޗެސްޓާ އަށް 27 މެޗުން 60 ޕޮއިންޓް ލިބޭއިރު ދެ ވަނާގައިވާ އާސެނަލް އަށް ލިބެނީ 56 ޕޮއިންޓެވެ. މިހެންވެ ކޯޗު އެލެކްސް ފާގަސަން ބުނީ ލީގު ލިބޭނީ މި ދެ ޓީމުން ކުރެ ޓީމަކަށް ކަމަށެވެ.
އިނގިރޭސި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޗެލްސީ އެވެ. އެ ޓީމު އޮތީ މެންޗެސްޓާ ސިޓީގެ ފަހަތުން ތާވަލުގެ ހަތަރުވަނާގަ އެވެ. މެންޗެސްޓާ ދެން ކުޅެން ޖެހޭނީ ޗެލްސީއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ