ސިފައިންގެ އަގުވެއްޓި މީހުން، ސިފައިންގެ ޚިދުމަތް ގާތުން ފެނި އާޝޯޚުވެއްޖެ:ޑރ.ޝަހީމް

ސިފައިންގެ އަގުވައްޓައިލި ފަރާތްތައް ސިފައިންގެ ޚިދުމަތް ގާތުން ފެނި އާޝޯޚުވެއްޖެ ކަމުގައި އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރުކަންވެސް ކުރެއްވި، އަދި 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިން މޭޓުކަންވެސް ކުރެއްވި ޑރ.ޝަހީމު މިފަދައިން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ޝަހީމު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންނަށް ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި ވަޢުދު މިހާރު ފުއްދަވައިފި ކަމުގައި ދިފާޢީ ވަޒީރު މާރިޔާ ދީދީ ވިދާޅުވުމާ ގުޅިގެންނެވެ. ޝަހީމު އިތުރަށް ފާހަގަކުރެއްވީ ދިވެހި ސިފައިންނަކީ އިސްލާމްދީނާއި ޤައުމަށްޓަކައި އެތައް ގިނަ ޤުރުބާނީއެއް އަބަދުވެސް ވަމުންދާ ބައެއް ކަމުގައެވެ. އަދި އޭގެ އިތުރަށް ސިފައިންނަކީ އެބަޔަކާމެދު ރައްޔިތުންގެ ހިތްތަކުގައި ލޯބި އޮތް ބައެއް ކަމުގައިވެސް ޝަހީމު ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ ސިފައިންނަކީ ރައްޔިތުން ދެކެ ލޯބިވާ ބައެއް ކަމުގައެވެ. މިނިސްޓަރު މާރިޔާގެ ޓުވީޓަށް ރައްދު ދެއްވަމުން ސިފައިންގެ ކުރީގެ ކެޕްޓަނެއް ކަމުގައިވާ ޢަލީ އިޙުސާނުވެސް ފާހަގަކުރެއްވި ފަދައިން ބަދަލުވީ ސިފައިންގެ އަގު ވައްޓާލާ ބައެއް ކަމުގައިވެސް ޑރ.ޝަހީމު ވިދާޅުވިއެވެ. އަދި ސިފައިންގެ އަގު ވައްޓައލުމަށް މަސައްކަތްކުރި ފަރާތްތަކަށް ސިފައިންގެ ޚިދުމަތް ގާތުން ފެނުމުން އާޝޯޚުވީ ކަމުގައިވެސް ޝަހީމު ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަރު މާރިޔާއަކީ ނޮވެންބަރު ތިނެއްގެ ޙާދިސާގައި ދިވެހި ސިފައިން ތިބީ ފިލައި ކަމަށާއި ދިވެހި ސިފައިންނަކީ ފިނޑި ބައެއް ކަމަށް ކުރިން ވިދާޅުވި ބޭކަނބަލެކެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ