އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ އެންމެހާ މެންބަރުންނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތަހުނިޔާ ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ 15 އަހަރުގެ ދިގު ޙަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެ ކަމަށެވެ. އަދި ހުރިހާ ސިޔާސީ ވާދަވެރިން ވެސް ރޫޅިފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީއަށް މަރުޙަބާ ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ.
2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމަށް ރައީސް މުޙައްމަދު ނަޝީދު އިންތިޚާބު ކުރައްވާފައިވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބު ކުރައްވާފައިވަނީ ވެސް ރައްޔިތުންގެ ބޮޑު އަޢުލަބިއްޔަތަކުންނެވެ. އެގޮތުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުންނާއި ވަޒީރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަންތައް ރައްޔިތުންނަށް ވަރަށް ގާތުން ފެންނާނެކަމަށް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން އެޕާޓީން ވެސް ބަޔާނެއް ނެރިފައިވާއިރު، ޕާޓީގެ ފިކުރު ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ފެށިގެން ދިއުމަކީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެސީގެ ޙަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލެއްކަމަށް ސިފަކޮށްފައިވެއެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. މި ޕާޓީ އުފައްދައި ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވަނީ 26 ޖޫން 2005 ގަައި ސްރީލަންކާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ