ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު އާންމުކޮށްފި

00ހދ. އަތޮޅުގެ ރައްޔިތުން އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އާންމުކޮށްފި އެވެ،
އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމް ގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލު ހދ. އަތޮޅު ކައުންސިލް އިން އާންމުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
މި އުސޫލަކީ ފުރަބަންދުގެ ހާލަތުގައި އަތޮޅުގައި އޭޓީއެމް ޤާއިމްކުރެވިފައި ނެތް ރަށްރަ ރައްޔިތުންނަށް، ބޭންކު އޮފް މޯލްޑިވްސްގެ ބޭންކުދޯނީގެ ޚިދުމަތް ފެށެންދެން ފައިސާ ނެގުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުޅުދުއްފުށި ކޮވިޑް ޓާސްކުފޯހުގެ ފަރާތުން އަތޮޅުގެ ރައްޔިތުން އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލެއްކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.
26000 ހާހަށްވުރެ ގިނަ އާބާދީއެއް އޮންނަ ހދ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ލިބެން ހުންނަނީ ދެރަށަކުންނެވެ. އެއީ ހަނިމާދޫގެ އިތުރުން ކުޅޫދުއްފުށި ސިޓީއިންނެވެ. ބާކީއޮތް 11 ރަށުގައި އޭޓީއެމް ގެ ޚީދުމަތް ނުލިބެއެވެ. މިރަށްރަށުގެ މީހުން ފައިސާނެގުމާއި ޖަމާކުރަން ބޭނުންވާނަމަ ޖެހެނި މިދެރަށުން ކުރެރަށަކަށް ދަތުރު ކުރާށެވެ. މިއުސޫލުގައި ވާގޮތުން މިރަށް ރަށުގެ މީހުންނަށް ވަކި ތާވަލެއްގެ ދަށުން ކޮންމެދުވަހަކުވެސް އޭޓީއެމްގެ ޚިދުމަތް ލިބޭނީ ގިނަވެގެން 15 މީހުންނަށެވެ. ހަފްތާއަކު 5 ދުވަހަށް މިހުއްދަވަނީ ދީފައެވެ.
މީގެ އިތުރުން މިއުސޫލުގައި އިތުރު 7 ކަމެއް ވަނީ ފާހަގަކޮށްފައެވެ.
1. ކޮންމެ ހަފުތާއަކުވެސް ކޮންމެ ރަށަކަށްވެސް އޭޓީއެމް އަށް އައުމަށް ފުރުސަތުދެވޭނީ ކަނޑައެޅޭ ތަރުތީބަކުންނެވެ.
2. އާބާދީގައި 1500 އަށްވުރެ ދަށް ރަށްތަކަށް ލިބޭނީ 5 މީހަކަށް ދަތުރުކުރުމުގެ ފުރުސަތެވެ. 1500 އަށްވުރެ އާބާދީ މަތިނަމަ 10 މީހަކަށް ދަތުރުކުރުމުގެ ފުރުސަތުދެވޭނެއެވެ.
3. ކޮންމެ ރަށަކަށްވެސް ލިބިފައިވާ ގަޑިއަށް ކުޅުދުއްފުއްޓަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަކީ އެރަށެއްގެ ކައުންސިލްގެ ޒިންމާއެކެވެ.
4. ދަތުރު އިންތިޒާމްކޮށް ދަތުރު ހުއްދަ ތައްޔާރުކޮށް ފުރުވާ ކުރިން ދަތުރުކުރުމުގެ ހުއްދަ ކުޅުދުއްފުށީ ސޯޝިއަލް ސަޕޯޓް ޑެސްކް އަށް ފޮނުވަން ވާނެއެވެ.
5. ދަތުރުކުރާ ފަރާތްތަށް އޭޓީއެމް އަށް ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސާނީ ކުޅުދުއްފުށި ސޯޝިއަލް ސަޕޯޓް ޑެސްކް ގެ ފަރާތުންނެވެ. އެގޮތުން އެރަށަކުން ދަތުރުކުރާ ހުރިހާ ފަރާތްތަށް އޭޓީއެމް އަށް ގެންދިއުމަށް ޕިކަޕް ހަމަޖައްސާނެއެވެ. ޕިކަޕަށް ދައްކަންޖެހޭ ފީ ދައްކާނީ ދަތުރުކުރާ ފަރާތުންނެވެ. ޕިކަޕުގައި ދަތުރު ހަމަޖެއްސުމުގެ ބޭނުމަކީ ރައްކާތެރިކަމުގެ ގޮތުން ޓެކްސީ އަށްވުރެ އާންމު ރައްޔިތުންނާއި ކޮންޓެކްޓް ވާމިންވަރު ކުޑަކުރުމަށެވެ.
6. މިގޮތަށް ކުރާ ދަތުރުތަކުގައި އަންނަފަރާތަކަށް ދެވޭނީ ބަނދަރުން އޭޓީއެމް އަށް އަދި އޭޓީއެމް އިން ބަނދަރަށެވެ.
7، އޭޓީއެމް ގެ ބޭރުގައި ކިއު ހެދުމުގައި ޓާސްކްފޯސް އިން ހަމަޖައްސާފައިވާ އިންތިޒާމުތަކަށް ދަތުރުކުރާ ފަރާތަކުން
އިހުތިރާމްކޮށް އަމަލުކުރަންވާނެއެވެ.
މިނޫންގޮތަކަށް އަމަލުކުރާ ފަރާތްތަކަށް މިފުރުސަތު ލިބިދެވެން ނޯންނާނެކަމަށް ހދ. އަތޮޅު ކައުންސިލުންވަނީ ބުނެފައެވެ.
ހދ. އަތޮޅުގެ އާބާދީ ބޮޑު ރަށްރަށުން ރާއްޖޭގެ ގައުމީ ބޭންކުން ކިދުމަތް ލިބެން ނެތުމުން ގިނަ ރައްޔިތުންދަނީ ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަމުން ނެވެ. މިކަމުގެ ތަކުލީފު އެންމެ ބޮޑަށް އުފުލާ އެއްރަށަކީ ހދ. މަކުނުދޫ ރައްއިތުންނެވެ. މަކުނުދޫގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭންކް އޮފް މޯލްޑިސްއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ