ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައީސް ނަޝީދު އެދިއްޖެ

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބޭނުންވާކަމަށް ބުނެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މެސެޖެއް ފޮނުވައިފިއެވެ.
އެމެސެޖު މިހާރު އާންމުވެފައިވާއިރު، މެސެޖުގައި ބުނެފައިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒމު ބަރުލަމަނީ ނިޒާމަކަށް ބަދަލުކުރަން ބޭނުންފުޅުވާކަމަށެވެ. އަދި ޕްރައިމް މިނިސްޓަރަށްވާން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދުގެ މެސެޖުގައިވެއެވެ.
އެހެންކަމުން 2023ގެ ފެބްރުއަރީމަހުގައި ބަރުކަމާނީ ނިޒާމަކަށް ބަދަލުކޮށް، މިހާރުގެ މަޖިލީހުން ސަރުކާރު އެކުލަވާލުމަށްވެސް ރައީސް ނަޝީދުގެ މެސެޖުގައި ހުށައަޅާފައިވެއެވެ. އަދި 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ހުށައަޅާފައިވެއެވެ.
2024 ވަނަ އަހަރުގައި މަޖިލިސް އިންތިހާބާށް ދާއިރު، ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނުގައިވާގޮަތަށް މަޖިލީހުން ކަނޑައަޅާ މީހަކަށް ވުމަށްވެސް ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްއާއަށް ފޮނުއްވި މެސެޖުގައި ހުށައަޅުައްވާފައިވެއެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ބޭނުންވާކަމަށް ރައީސް ނަޝީދު އަބަދުވެސް ވިދާޅުވެއެވެ.
ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ރައީސް ނަޝީދަށް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ