ޓިއުޝަން އަދި ގުރުއާން ކްލާސްތަކާއި ޑޭކެއާ ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދީފި

ޓިއުޝަން އަދި ޤުރުއާން ކްލާން ތަކާއި ޑޭކެއާ ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދީދިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭން ނިންމާފައިވާ ލުއިތައް އިއުލާން ކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކުލާސްތަކަށްވެސް ލުއިތައް ދޭން ނިންމާފައިވާކަމަށެވެ.
”ކިޔަވަން އަންނަ ކުދިން، 18 އަހަރުން ދަށުގެ ކުދިންނަކީ، އެކުދިންނަށް ވެކްސިން ޖެހޭނެ އިންތިޒާމެއް މިހާތަނަށް ރޭވިފައެއް ނެތް. އެހެން ވީމަ ހައި ރިސްކު އެ ކުދިންނަށް އޮވޭ. އެހެން ކަމަށް ވާތީ ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކްލާސްތަކުގައި ތިއްބަވާ ޓީޗަރުން، ހުރިހާ ބޭފުޅުން ވެކްސިން ޖެއްސެވުމަށް ފަހު، އެޅިފަ ހުރި ގައިޑްލައިން ތަކަކާ އެކީގަ އޮޕަރޭޓް ކުރަން އަލުން ފެއްޓޭނެ“ މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ޑޭކެއާ ސެންޓަރުތަކަށްވެސް އަމަލު ކުރަން ޖެހޭނީ އެ ގައިޑްލައިނަށް ކަމަށެވެ. އަދި އެ ސެންޓަރުތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ވެކްސިން ޖަހައިގެން ތިބި މީހުން ކަން ކަށަވަރު ކުރުމަށް ފަހު، ކަނޑައެޅިފަ ހުރި ގަވާއިދުތަކާއި އެއްގޮތަށް އެތަންތަން ހިންގޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ލުއިތައް ދީފައެވެ. އެގޮތުން، މާލެ ސަރަހައްދުގައި އިއުލާންކޮށްފައި އޮތް ކާފިއު އުވާލާފައި ވާއިރި، ކެފޭ ރެސްޓޯރެންޓުތަކާއި ރީޓެއިލް ވިޔަފާރިތައް އާންމު އުސޫލުން ހިންގޭ ގޮތަށް ވަނީ ހުއްދަ ދީފައެވެ. އަދި ކެވްސިންގެ ދެ ޑޯޒު ހަމަކޮށްފައި ތިބި މީހުން ކަރަންޓީނު ނުވެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ވަނީ ހުއްދަ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ