ބައިލައްކައަށްވުރެ ގިނަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް މިހާތަނަށް ރާއްޖެއިން 50،000އަށްވުރެ ގިނަމީހުން ފުރިހަމަކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ވޭތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް 5،533 މީހުންވަނީ ޖަހާފައެވެ.
މީގެތެރޭގައި މާލެ ސަރަޙައްދުގައި 3،366 މީހުން ވެކްސިންޖަހާފައިވާއިރު 2،167 މީހުންވަނީ އަތޮޅުތެރެއިން ވެކްސިންޖަހާފައެވެ.
މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ވަނީ 51،350އަށް އަރާފައެވެ. ވޭތިވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް 2،125 މީހުންވަނީ ޖަހާފައެވެ. މީގެތެރޭގައި މާލެ ސަރަޙައްދުން ވެކްސިންޖެހީ 277 މީހުންނެވެ. އަދި އަތޮޅުތެރެއިން 1،848 މީހުންވަނީ ވެކްސިންޖަހާފައެވެ. މިއާއެކު ވެކްސިންގެ ފުރަތަމ ޑޯޒް ޖެހިމީހުންގެ ޢަދަދު 283،973 އަށްވަނީ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ