އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ތެރަޕިއުޓިކް ދާއިރާއިން ކިޔެވުމަށް ދެ ދަރިވަރެއް ސްޕޮންސާކޮށްފި

އެމްޓީސީސީގެ ފަރާތުން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން، އެ ދާއިރާއިން ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ދެ ދަރިވަރެއް ސްޕޮންސާކޮށްދީފިއެވެ.
މިއީ އެކި އެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ތެރެއިން އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީގެ ދާއިރާއިން މަތީ ތައުލީމާއިި ތަމްރީނު ފޯރުކޮށްދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގެ ދަށުން ސްޕޮންސާކޮށްދިން ދަރިވަރުންތަކެކެވެ.
މި ސްކީމްގެ ސްކޮލަޝިޕްތައް ސްޕޮންސާކޮށްފައިވަނީ ބައެއް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ގުޅިގެންނެވެ.
އެ ސްކީމް އިފުތިތާހު ކުރުމުގެ ގޮތުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އިބްރާހިމް ނަސީމެވެ.
މިއީ އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ސްޕޮންސާ ކޮށްދިން ދެ ދަރިވަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ