އަނެއްކާވެސް އިތުރު ސިޔާސީ މަގާމެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ސިޔާސީ މަގާމެއް އުފައްދަވައި އެމްޑީޕީގެ އިސް އެކްޓިވިސްޓަކަށް މަގާމު ދީފި އެވެ.
އެގޮތުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ.ހިޔަމަ ޢަލީ މާޖިދު މިއަދު ވަނީ އައްޔަނު ކުރައްވައިފަ އެވެ.
މާޖިދު އަކީ ބިޒްނަސް މެނޭޖްމަންޓްގެ ރޮގުން ޑިޕްލޮމާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނ. އަތޮޅުގެ ކައުންސިލް މެމްބަރުކަންވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.
ސިޔާސީ އިތުރު މަގާމެއް އުފެއްދި އިރު މި ސަރުކާރު ވެގެން ގޮސްފައި މިވަނީ އެންމެ ސިޔާސީ މަގާމު ގިނަ މަތިބަރު ސަރުކާރަށެވެ. މި ކަންބޮޑުވުން އިދިކޮޅުން ދަނީ ފާޅުކުރަމުންނެވެ.
ބައެއް ސިޔާސީ މަގާމުތައް ފުރުއްވަމުން ގެންދަވާ އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ތައުލީމީ ފެންވަރެއް ނެތްކަމުގެ ކަންބޮޑުވުންވެސް ސަރުކާރުގެ ވާދަވެރިން ފާޅު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ