ލީގު ކަޕްގެ ހަތަރު ވަަަނަ ބުރަށް އާސެނަލް، ޗެލްސީ، ޔުނައިޓެޑް އަދި ލިވަޕޫލް ދަތުރުކޮށްފި

އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަަަނަ ބުރަށް އާސެނަލް، ޗެލްސީ، މެންޗަސްޓަރ ޔުނައިޓެޑް އަދި ލިވަޕޫލް ދަތުރުކޮށްފި އެވެ.
އާސެނަލް އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަަަނަ ބުރުން ޖާގަ ހޯދީ ރޭ 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސްގެ މައްޗަށް ކުރި ހޯދައިގެން ނެވެ.
ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗުގައި ފްލަމީނީ އާސެނަލަށް ލީޑު ނަގައިދިނީ 26 ވަނަ މިނިޓްގަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭގައި ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލަކީ އާސެނަލްގެ ކަލުމް ޗެމްބާސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފްލަމިނީ އާސެނަލްގެ ދެވަނަ ލަނޑު ޖެހީ މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށެވެ.
ޗެލްސީ ހަތަރު ވަނަ ބުރަށް ދަތުރުކުރީ ރޭ ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި 4-1 އިން ވޯލްސޯލް ގެ މައްޗަށް ކުރި ހޯދައިގެން އެވެ. ޗެލްސީގެ ލަނޑުތައް ޖަހައިދިނީ ރަމިރޭސް އާއި ލޮއިކް ރެމީ އާއި ޒުވާން ފޯވާޑް ކެނެޑީ އަދި ޕެޑްރޯ ރޮޑްރިގޭޒެވެ. އަދި ވޯލްސޯލްގެ ލަނޑު ކާމިޔާބުކުރީ ޖޭމްސް އޯކޮނާ އެވެ.
މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ފަސޭހަ ކަމާ އެކު 3-0 އިން އިސްޕްވިޗް ޓައުން ބަލިކޮށްފަ އެވެ. މީގެ އިތުރުން ލިވަޕޫލް އަމިއްލަ ދަނޑުގައި ކާލައިސް ޔުނައިޓެޑް އަތުން ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.
ލީގު ކަޕްގެ ހަތަރު ވަަަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު އެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ