ރާއްޖެއަށް އޮޕަރޭޓް ކުރުމުގެ ހުއްދަ އަށް އެދިފައިވާ އިޒްރޭލު އެއާލައިންގެ ހުއްދަ ބާތިލުކޮށްފި

ރާއްޖެ އާއި އިޒްރޭލާ ދެމެދު ޗާޓާ ދަތުރުތަކެއް ކުރުމުގެ ހުއްދަ އަށް ދިވެހި ސިވިލް އޭވިއޭޝަނުގައި އެދިފައިވާ ސަންޑިއޯ އެއާލައިނަށް އިޒުރޭލުން ދޫކޮށްފައިވާ އުދުހުމުގެ ލައިސަންސް އިޒްރޭލުގެ ސިވިލްއޭ އޭޝަން ޑީޕާޓްމަންޓުން ބާތިލްކޮށްފި އެވެ.
އިޒްރޭލުގެ ވައިގެ ދަތުރުފަތުރުގެ ހަބަތުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ ޕޯޓް ޓް ޕޯޓްގައި އިޒްރޭލުގެ ސިވިލޭވިއޭޝަން އާ ހަވާލާދީ ބުނެފައި ވަނީ ސަންޑިއޯ އެއާލައިނަށް ދޫކޮށްފައިވާ އުދުހުމުގެ ހުއްދަ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބާތިލް ކުރީ، އެ އެއާލައިނުގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ މިންގަނޑުތަކާ ހިލާފު ކަންތައްތަކެއް ހުރުމުން ކަމަށެވެ.
އެކަންކަން ރަނގަޅު ކުރުމަށް މީގެ ކުރިން އަހަރެއްހާ ދުވަހުގެ މުއްދަތު ސަންޑިއޯ އަށް ދީފައިވާ ކަމަށް ވެސް އިޒްރޭލުގެ ސިވިލޭވިއޭޝަން ޑީޕާޓް މަންޓުން ބުނެ އެވެ.
"އިދާރީ ގޮތުންނާއި އަދި އިންފްރާސްޓްރަކްޗާގެ ގޮތުން އެ ކުންފުނި ހިނގަމުން އަންނަނީ ބައިނަލްއަގުވާމީ ވައިގެ ދަތުރު ފަތުރުގެ މިންގަނޑުތަކާއި ހިލާފަށެވެ،" ސަންޑިއޯގެ ހުއްދަ ބާތިލް ކުރިކަން އިއުލާންކުރަމުން އިޒްރޭލުގެ ސިވިލޭވިއޭޝަނުން ނެރުނު އިއުލާނެއްގައިވެ އެވެ.
ނަމަވެސް ސަންޑިއޯ އަކީ އިޒްރޭލުގެ ބައިނަލްއަގުވާމީ އެއާލައިންގެ ސަބް ސިޑިއަރީ ކުންފުންޏަކަށް ވާތީ އަދިވެސް އިޒްރޭލުގެ ގައުމީ އެއާލައިން އުދުހޭނީ ސަންޑިއޯގެ އެއާލައިންގެ ނަމުގައި ކަމަށް ވެސް ޕޯޓް ޓް ޕޯޓް ބުނެ އެވެ.
ބައިނަލްއަގުވާމީ ސިވިލޭވިއޭޝަންގެ މިންގަނޑުތަކާ ހިލާފުވެ އެތައް އަހަރުތަކެއް ވެފައިވާތީ ސަންޑިއޯ ލައިސަންސް ބާތިލް ކުރި އިރު އެ އާލައިނުން ވެރިރަށް މާލެ އާއި އިޒްރޭލުގެ މަރުކަޒީރަށް ތެލް އަވީވް އާ ދެމެދު ޗާޓަރު ދަތުރުތަކެއް ކުރުމުގެ ހުއްދަ އަށް އެދިފައި ވަނީ މި އަހަރުގެ އޮކްޓޯމްބަރު މަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ