4000 ފްލެޓް: ޝަރުތު ހަމަވީ 1820 މީހުން، ދެން ތިބި މީހުންނަށް ފްލެޓް ނުދޭނެ

ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންދިޔައިރު، ޝަރުތު ހަމަވަނީ 1820 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިފިކޭޝަންއަށްފަހު އެކުލަވާލާފައިވާ ލިސްޓު މިއަދު އާންމު ކުރަން ނިންމާފައިވާއިރު، ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި 4,939 މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވެ އެވެ.ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ އިވެލުއޭޝަން ނިމުނުއިރު ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 ގެ ތެރެއިން 2695 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އަދި ބާކީ ތިބި 424 މީހުންނަކީ ވެރިފިކޭޝަން ނިމުނުއިރު ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ނުލިބޭ މީހުން ކަމަށެވެ.މިނިސްޓަރު ފާހަގަކުރެއްވި އިތުރު މައްސަލަތަކުގެ ތެރޭގައި؛
"މި ދެންނެވި އަދަދުގެ ފޯމުތައް ބަލައި ޝަރުތުތައް ހަމަނުވާ ފަރާތްތަކާއި އަދި ޕޮއިންޓު އުނިވެގެން ފްލެޓް ނުލިބޭ ފަރާތްތައް ވާނީ މި ޕްރޮސެސް ތެރެއިން ބާކީކޮށް ފްލެޓް ނުލިބޭ ފަރާތްތައް ކަމަށް ކަނޑައަޅާފައި،" އޭނާ ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވެފައި ވަނީ ފްލެޓް ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން މަސް ދުވަހުގެ ފުރުސަތެއް ދެއްވާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ