ހެންވޭރު ރައްޔިތުންނާއެކު މުއިއްޒު ބާއްވާ ބައްދަލުވުން މިރޭ ކަލާފާނު ސްކޫލުގައި ހެންވޭރު ރައްޔިތުންނާއެކު މުއިއްޒު ބާއްވާ ބައްދަލުވުން މިރޭ ކަލާފާނު ސްކޫލުގައި

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާއެކު ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން މިރޭ އޮންނާނެ ކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަލާފާނު ސްކޫލުގައި ބާއްވާ މި ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ކަމަށެވެ.
"ވީމާ ހެންވޭރުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަން،" ހީނާ ލިޔުއްވާފައިވެ އެވެ.
މިއީ މުއިއްޒު މާލޭގެ އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނާއެކު ބާއްވާ ހަތަރުވަނަ ބައްދަލުވުމެވެ.
އެގޮތުން ވިލިމާލެ، މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާއެކު މިދިޔަ ދެ ހަފުތާގެ ތެރޭ އެމަނިކުފާނާއި ސަރުކާރުގެ ވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ބައްދަލުކޮށްފަ އެވެ.
މީގެ ކުރިން ބޭއްވި ތިން ބައްދަލުވުމުގައި ބައިވެރިވި އެކި މަސައްކަތްކުރާ އެކި ފަންތީގެ ރައްޔިތުން ވަނީ ބޯހިޔާވަހިކަމާއި އެ ނޫން ވެސް އެހެން ބައެއް ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. ނަމަވެސް، އޭގެތެރެއިން ގިނަ ކަންކަމަށް ސީދާ ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ