ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިފަހުން އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއަކަށް އައްޔަންކޮށްފަ އެވެ.
ނަސްރީން އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހެވެ. އޭނާ އިސްތިއުފާ ދެއްވީ ޕީއެސްއެމްގެ ބޯޑު މީޓިންއެއްގަ އެވެ. އޭގެ ފަހުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް ނަސްރީން އައްޔަން މި ހަފުތާގެ ތެރޭގަ އެވެ.
ނަސްރީންއަކީ ޔޫތު މިނިސްޓްރީއަށް އައްޔަން ކުރި ފަސް ވަނަ ޑެޕިއުޓީ މިނިސްޓަރެވެ. ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ދެން އައްޔަން ކޮށްފައި ހުރީ އަލީ އާމިރު، ފާތިމަތު ޒިޔާދާ، މުހައްމަދު އަސީލް އަދި އިބްރާހިމް އަލީ އެވެ.
އެއާއެކު ސަރުކާރުގެ މިނިސްޓްރީތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އައްޔަންކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 143 އަކަށް އެރީ އެވެ. ޑެޕިއުޓީ މިނިސްޓަރުން އެންމެ ގިނައީ މިނިސްޓްރީ އޮފް ސިޓީސްގަ އެވެ. އެތަނުގައި 16 ޑެޕިއުޓީ މިނިސްޓަރުން ތިބެ އެވެ.
ނަސްރީންގެ ކުރިން މި ސަރުކާރުން ވަނީ ޕީއެސްއެމް ހިންގަން ދެ މީހަކު ހަމަޖައްސައިފަ އެވެ. އެއީ އެންމެ ފުރަތަމަ އައްޔަން ކުރި ޒީނާ ޒާހިރާއި ދެ ވަނައަށް އައްޔަން ކުރި މުހައްމަދު ސައީދު އެވެ. އެ ދެ ބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވީ އެވެ.
ޒީނާ އިސްތިއުފާ ދެއްވީ އޯގަސްޓު، 2024، ގަ އެވެ. އޭނާއަށް ފަހު އައްޔަން ކުރި މުހައްމަދު ސައީދު އިސްތިއުފާ ދެއްވީ ޑިސެމްބަރު، 2024، ގަ އެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ނަސްރީން މަސައްކަތް ކުރެއްވީ ހަމަ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމުގަ އެވެ.
ޕީއެސްއެމް އިން އިސްތިއުފާ ދިން ނަސްރީން ޔޫތު މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރަކަށް ޕީއެސްއެމް އިން އިސްތިއުފާ ދިން ނަސްރީން ޔޫތު މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ