ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 10 ވަަނަ މުބާރާތް ވީޑިއޯ ސަޕޯޓާ އެކު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 10 ވަަނަ މުބާރާތް ވީޑިއޯ ސަޕޯޓާ އެކު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 10 ވަަނަ މުބާރާތް މަހެއްހާ ދުވަސްތެރޭ ފަށާއިރު، މި ފަަހަރުގެ ގަވާއިދުގެ ތެރެއިން ވީޑިއޯ ސަޕޯޓްގެ ބޭނުން މެޗުތަކުގައި ކުރާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން (ޖީއެފްއޭ) އިން ބުނެފި އެވެ.
ޖީއެފްއޭ އިން މީގެ 10 އަަހަރު ކުރިން، 2015 ގައި، މާފަންނު ވެލިދަނޑުގައި ބާއްވަން ފެށި މި މުބާރާތް މީގެ ފަސް އަހަރު ކުރިން، ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކަށް ބަދަލުކޮށްފައިވާއިރު، މިހާތަނަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދައި، މުބާރާތުގެ ހައިބަތު ވަނީ ބޮޑުވެފަ އެވެ.
އަންނަ މަހުގެ ތިން ވަނަ ދުވަހު، އެންމެ ފަހުގެ ދެ ޗެމްޕިއަން، ކ. ކާށިދޫ އާއި ބ. އޭދަފުށިން ކުޅޭ ޗެރިޓީ ޝީލްޑް މެޗުން ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށާއިރު، މި އަހަރުގެ މައި މުބާރާތް ފެށޭނީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނުން ޖީއެފްއޭ އަށް ދަނޑު ދޫކޮށްފައިވާ ގޮތަށް ތާވަލު ރާވާފައިވާއިރު، ފައިނަލް މެޗު އޮންނާނީ ފެބްރުއަރީ 14 ވަނަ ދުވަހުގެރޭގަ އެވެ.
މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި، 119 ޓީމެއް/ރަށެއް ވާދަކުރާއިރު، މި ފަހަރުގެ މުބާރާތުގައި، 280 އަށް ވުރެން ގިނަ މެޗު ކުޅޭނެ އެވެ. މި ފަހަރުގެ މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ދެ ހަފްތާ ތެރޭގައި، ހުރިހާ އަތޮޅެއްގެ މެޗުތައް ފެށިގެންދާނެ އެވެ.
ޖީއެފްއޭގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ، މި އަހަރުގެ މުބާރާތް ފުރިހަމަ ކުރުމަށްޓަކައި، ގިނަ ކަންތައްތަކެއް ކުރެވެމުން އަންނަ ކަމަށާއި އެންމެ ބޮޑު ބަދަލަކަށް ފެނިގެންދާނީ، ގަވާއިދުގެ ތެރެއިން، ވީޑިއޯ ސަޕޯޓްގެ ބޭނުން މެޗުތަކުގައި ކުރުން ކަމަށެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ، ތިން ފަހަރު ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށްޓެވެ. ދެން މުބާރާތުގެ ތަށި ހޯދާފައިވަނީ، މާލޭގެ މާފަންނާއި ހެންވޭރު، ލ. ގަން، ބ. ހިތާދޫ، ބ. އޭދަފުށި އަދި ކ. ކާށިދޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ