ސަވާރީ ބޯޓަށް އެހީވުމުގައި ނޮޅިވަރަންފަރު ރައްޔިތުން ދެއްކީ އެއްބައިވަންތަކަމުގެ ނަމޫނާއެއް

ހއ ކެލާ، ސަވާރީ ބޯޓު މިހިނގާ ސެޕްޓެންބަރުމަހުގެ 8 ވަނަ ދުވަހު ނޮޅިވަރަންފަރު ނެރުމައްޗަށް އުރުނު ހިތާމަވެރި ހާދިސާއަށް މިއަދަށް ހަފުތާއެއް ވެގެންދިޔައީ އެވެ. މާލެއިން މުދާ ބަރުކޮށްގެން އައި މިބޯޓުގައި ދެތިން ރަށެއްގެ ވަރަށް ގިނަ އަގުބޮޑު މުދާތައް ހުއްޓެވެ. ސަވާރީ ބޯޓު އުރުނީ މިމަހުގެ 8 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ނޮޅިވަރަންފަރަށް ވަންނަން އުޅުމުގެ ތެރޭގައެވެ.
މިއީ ސަވާރީ ބޯޓުގެ ވެރިންނާ، ފަޅުވެރިން އަދި ކެލާއާއި މި ބޯޓުން މުދަލާ ދަތުރުކުރުމުގެ ހިދުމަތް ލިބިގަންނަމުން އައި އެތައް ބަޔަކަށް ލިބުނު ބޮޑު ހިތާމައެކެވެ. މިހިތާމާގައި ބައިވެރިވާ އެއްބަޔަކީ، ސަވާރީ ބޯޓުން މުދާ ގެންނަ ނޮޅިވަރަންފަރު ރައްޔިތުންނެވެ.
ސަވާރީ ބޯޓު ނޮޅިވަރަންފަރު ނެރުމައްޗަށް އުރުނު ވަގުތުން ފެށިގެން، ނޮޅިވަރަންފަރު ރައްޔިތުން ދިޔައީ ބޯޓަށް އެހީތެރިވަމުންނެވެ. އޭގެ ފަޅުވެރިންނާ މުދަލާ ބޯޓު ސަލާމަތް ކުރުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ރަށުގައި އެވަގުތު ތިބި ކަމުވޮށިގެންވާ ހުރިހާ ފިރިހެންވެރިން ސަވާރީ ބޯޓަށް އެހީވުމަށް އޭގެ ކައިރިއަށް ކުދި އުޅަނދުތަކުގައި ދިޔައެވެ. ބޯޓު ދިޔަވެ މުދާތައް އޮޔާ ގޮސްދާނެތީ، އެ މުދާތައް ނޮޅިވަރަންފަރަށް އެ އުޅަނދު ތަކުގައި އުފުލިއެވެ. ވައު ޖަހައިގެންނާއެކި ގޮތްގޮތަށްވެސް ގިނަ މުދާތައް ނޮޅިވަރަންފަރަށް ނެގިއެވެ. ރަށުގައި ތިބެގެން ވައު ދެމުމުގައި ނޮޅިވަރަންފަރު އަންހެނުންވެސް އައީ ބައިވެރިވަމުންނެވެ.
ނޮޅިވަރަންފަރު ފަރަށް އެރި ސަވާރީ ބޯޓް ފުންކުރުމުގެ މަސައްކަތުގައި އާއި ބޯޓަށް އެހީވުމަށް އެހެން ރަށްރަށުން އެރަށަށް ދިޔަ ރައްޔިތުންނަށް އެހީތެރިވުމުގައި ނޮޅިވަރަންފަރުގެ ރައްޔިތުން ދެއްކީ ނަމޫނާއެއް--ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް

"ރަށުގެ އެންމެންހެން ސަވާރީ ބޯޓަށް އެހީވުމަށް ނުކުތް. އިރުއޮއްސެންދިޔަ ވަގުތެއް ވިޔަސް. އަމިއްލަ ކަންކަން ދޫކޮށް ސަވާރީ ބޯޓަށް އެހީތެރިވުމަށް އެންމެ ކުރީ ސަފަށް އެންމެންވެސް ނުކުތް." ނޮޅިވަރަންފަރު ކައުންސިލް ރައީސް އަބްދުﷲ ނަދީމް ފާހަގަކުރެއްވި އެވެ.
ސަވާރީ ބޯޓު ފުންކުރުމަށް ބޯޓު ނިސްބަތްވާ ކެލާއިންނާއެކު 90 މީހުން ނޮޅިވަރަންފަރަށް ދިޔައެވެ. އެ އެންމެން ނޮޅިވަރަންފަރުގައި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދިނީ ނޮޅިވަރަންފަރު ކައުންސިލުންނެވެ. އެ އެންމެންނަށް ކެއުމާ ސައި ދިނުމުގައި ނޮޅިވަރަންފަރު އަންހެނުން ދިޔައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ގާތްތިމާގެ ބައެއް ފަދައިން އެ އެންމެންގެ ކަންކަން ނޮޅިވަރަންފަރުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައެވެ.
ނޮޅިވަރަންފަރު ފަރަށް އެރި ސަވާރީ ބޯޓް ފުންކުރުމުގެ މަސައްކަތުގައި އާއި ބޯޓަށް އެހީވުމަށް އެހެން ރަށްރަށުން އެރަށަށް ދިޔަ ރައްޔިތުންނަށް އެހީތެރިވުމުގައި ނޮޅިވަރަންފަރުގެ ރައްޔިތުން ދެއްކީ ނަމޫނާއެއް--ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް
ނޮޅިވަރަންފަރު ފަރަށް އެރި ސަވާރީ ބޯޓް ފުންކުރުމުގެ މަސައްކަތުގައި އާއި ބޯޓަށް އެހީވުމަށް އެހެން ރަށްރަށުން އެރަށަށް ދިޔަ ރައްޔިތުންނަށް އެހީތެރިވުމުގައި ނޮޅިވަރަންފަރުގެ ރައްޔިތުން ދެއްކީ ނަމޫނާއެއް--ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް
ނޮޅިވަރަންފަރު ފަރަށް އެރި ސަވާރީ ބޯޓް ފުންކުރުމުގެ މަސައްކަތުގައި އާއި ބޯޓަށް އެހީވުމަށް އެހެން ރަށްރަށުން އެރަށަށް ދިޔަ ރައްޔިތުންނަށް އެހީތެރިވުމުގައި ނޮޅިވަރަންފަރުގެ ރައްޔިތުން ދެއްކީ ނަމޫނާއެއް--ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް
ނޮޅިވަރަންފަރު ފަރަށް އެރި ސަވާރީ ބޯޓް ފުންކުރުމުގެ މަސައްކަތުގައި އާއި ބޯޓަށް އެހީވުމަށް އެހެން ރަށްރަށުން އެރަށަށް ދިޔަ ރައްޔިތުންނަށް އެހީތެރިވުމުގައި ނޮޅިވަރަންފަރުގެ ރައްޔިތުން ދެއްކީ ނަމޫނާއެއް--ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް
ނޮޅިވަރަންފަރު ފަރަށް އެރި ސަވާރީ ބޯޓް ފުންކުރުމުގެ މަސައްކަތުގައި އާއި ބޯޓަށް އެހީވުމަށް އެހެން ރަށްރަށުން އެރަށަށް ދިޔަ ރައްޔިތުންނަށް އެހީތެރިވުމުގައި ނޮޅިވަރަންފަރުގެ ރައްޔިތުން ދެއްކީ ނަމޫނާއެއް--ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް
"މިއީ އަލަށް މިރަށުގައި ހިނގިކަމެއް ނޫން. މިކަހަލަ ކޮންމެ ކަމެއްގައިވެސް މިރަށުގެ ރައްޔިތުންނަކީ ނަމޫނާ ރައްޔިތެއް. އަބަދުވެސް މީހުންނަށް ދިމާވާ މިފަދަ ކަންތައްތަކުގައި ރަށުގެ ރައްޔިތުން ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާ."ނަދީމް ވިދާޅުވި އެވެ.
ނޮޅިވަރަންފަރު ރައްޔިތުންގެ ފަރާތުން ފެނުނު މި ނަމޫނާއަށްޓަކައި ކައުންސިލްގެ ރައީސްގެ ފަރާތުންވަނީ އެ ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. ނޮޅިވަރަންފަރު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ، ރައްޔިތުންގެ ބަދަހި ގުޅުމާ، މިފަދަ ކަންކަމުގައި ގެންގުޅޭ ހަރުދަނާ ރަނގަޅު ވިސްނުމެވެ. ނޮޅިވަރަންފަރު ރައްޔިތުންގެ މި މިސާލަކީ، މުޅި ގައުމަށް، އަމަލުން ދައްކުވައިދިން ރީތި މިސާލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ