ބަހާމާސްގެ ބޮޑުވަޒީރާއި ބޮޑުވަޒީރުގެ ނައިބު ކަރަންޓީނުކޮށްފި

ބަހާމާސްގެ ބޮޑުވަޒީރު އަދި ބޮޑުވަޒީރުގެ ނައިބު ކަރަންޓީނުކޮށްފިއެވެ.
ބަހާމާސްގެ ބޮޑުވަޒީރުގެ ރަސްމީ އޮފީހުގެ އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވް ވުމާއެކު އެގައުމުގެ ބޮޑުވަޒީރު ޑރ ހުބާޓް މިނިސް އަދި ނައިބު ބޮޑުވަޒީރު ކޭ ޕީޓާ ޓާންކުއެސްޓް ކަރަންޓީނު ކޮށްފައިވާކަން އެގައުމުގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
ބޮޑުވަޒީރުގެ އޮފީސް ހުންނަ އިމާރާތަކީ ދައުލަތުގެ އެހެން އޮފީސް ތަކެއްވެސް ހުންނަ އިމާރާތެކެވެ. ކޮވިޑަށް ޕޮޒިޓިވް އޮފިޝަލަކު ފެނުމާއެކު މިހާރުވަނީ އޮފީސް އިމާރާތް ސާފުކުރުމަށް ބަންދު ކޮށްފައެވެ.
ބަހާމާސްގެ ހެލްތު މިނިސްޓްރީން ވަނީ ކޮންޓެކްޓް ޓްރޭސިން ފަށައި ޕޮޒިޓިވް ވި މީހާއާ ބައްދަލުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ފަށައިފައެވެ.
ބޮޑުވަޒީރާއި ނައިބު ބޮޑުވަޒީރުގެ އިތުރުން އިތުރުބަޔަކު ޑައިރެކްޓް ކޮންޓެކްޓް ވެފައިވާކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ބަހާމާސް އިން ވަނީ ހާހަކަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައެވެ. އަދި މިހާތަނަށް 15 މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ