ސީޒަންގެ ޓިކްޓޮކް އައިޑީ ވެރިފައިވެއްޖެ

ރާއްޖޭގައި އުފެދުނު އެންމެ މަގްބޫލު އެއް އެކްޓަރު، ޑައިރެކްޓަރު އަލީ ސީޒަންގެ ޓިކްޓޮކްގެ އައިޑީ ވެރިފައިވެއްޖެ އެވެ. މިއީ ރާއްޖޭގައި ޓިކްޓޮކް އައިޑީއެއް ވެރިފައިކޮށްދިން ފުރަތަމަ ފަހަރުވެސްމެ އެވެ. އެ ޝަރަފާ އެކު ސީޒަން ބުނީ ރާއްޖެއަށް ޓިކްޓޮކް އައިސްފި ކަމަށާއި އައިޑީ ހުރިހާ އެންމެން ވެސް އޭނާގެ އައީޑީއަށް ފޮލޯ ކުރުމަށެވެ. އަދި ސީޒަންގެ އައިޑީ މެދުވެރިކޮށް ފަހުގެ ޓްރެންޑްތަކާއި ފަހުގެ އަޕްޑޭޓްތައް ވެސް ލިބިގެންދާނެ ކަމަށް ވެސް ސީޒަން ބުންޏެވެ. https://twitter.com/seaxanali/status/1310552308334448645 ޓިކްޓޮކުން ވެރިފައިކޮށްދެނީ އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މީހުންނެވެ. އަދި ގިނަ މީހުން ފޮލޯކުރާ އެކައުންޓްތަކެވެ. ސީޒަން މިހާރު ކުރަމުން އަންނަ މަސައްކަތަކީ "ލޯބިވެވިއްޖެ"ގެ ފިލްމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ