ރިޒާގެ ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދެނީ ފައިސާ ނެގުމަށްފަހު

ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް މުސާރަ ދިނުމަށް ސީލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ށ. މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މަސްލަހަތު އޮންނަ ކުންފުނި، ރީފް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދީފައިވާނެ ކަަމަށް އެ ކުންފުނިން ބުނެފިއެވެ.
ސީލް މިގޮތަށް ބަޔާނެއް ނެރެފައި މި ވަނީ، ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭން ޖެހެނީ، ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވިސްއިން ކަމަށާއި، އެ ކުންފުނިން ރިޒާގެ ކުންފުންޏަށް ފައިސާ ދީފައި ނުވާ ކަމަށް ރޭ ރިޒާގެ ކުންފުނި ރިޒް ޕްރައިވެޓް ލިމިޓެޑުން ބުުނެފައިވުމާއި ގުޅިގެންނެވެ.
މި ވާހަކަތައް ދޮގުކޮށް އެ ތަނުގެ ޑިވެލޮޕަރ ސީލް މޯލްޑިވްސްގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރިޒް ކުންފުނި ތަމްސީލްކުރާ ލޯކްރާފްޓުން ނެރުނު ބަޔާނުގައި، މުވައްޒަފުންނަށް މުސާރަ ނުދެވި އޮތީ ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ ކަމަށް ބުނި ކަމުގައިވޔަސް އެ ބަޔާނުގައި ބުނާ ދެ އެއްބަސްވުމުގައި ބުނާ އަދަދަށް ވުރެ އިތުރަށް ވެސް މިހާތަނަށް ފައިސާ ދެވިފައިވާ ކަމަށެވެ.
ރިޒް ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުން ކޮންޓްރެކްޓަރގެ ހައިސިއްޔަތުން ތަނުގައި މަސައްކަތް ކުރަމުންގެންދަނީ ރިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމަށްވާއިރު، މަސައްކަތް ކުރެވެމުންދަނީ މަސައްކަތް ކުރުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި 18 ނޮވެމްބަރ 2018 އަދި 21 ޑިސެމްބަރ 2018 ގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުންނެވެ.
އަދި 2018 ވަނަވަނަ އަހަރުން ފެށިގެން ރިސޯޓުގައި ރިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ކުރަމުންގޮސްފައިވާ ކަމަށާއި، މިހާތަނަށް މަސައްކަތްތައްވެސް ނިމިފައިވާކަމަށެވެ.
ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތުގައި ރިޒް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންގެ ގޮތުގައި ދިވެހިންނާއި ބިދޭސީން ހިމެނޭގޮތުން 200 އެއްހާ މުވައްޒަފުން މަސައްކަތްކޮށްފައިވެއެވެ.
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތު މީހުންގެ މުސްރަގެ ގޮތުގައި ދޭންޖެހޭ 7000 ރުފިޔާ އާއި ކެއުމުގެ ޚަރަދުގެ ގޮތުގައި ކޮންމެ މީހަކަށް ދުވަހަކަށް ދޭންޖެހޭ 40 ރުފިޔާ ދެއްކުމަށް ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
"އެހެންނަމަވެސް، މުވައްޒަފުންގެ މުސާރައިގެ ގޮތުގައި 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ހަތަރު މަހަށްވުރެ ގިނަ
ދުވަހުގެ މުވައްޒަފުންގެ މުސާރައަށްވާ ފައިސް ދީފައިނުވާކަން ފާހަގަކުރެވޭ. މުވައްޒަފުންގެ މުސާރައިގެ މައްސަލަ ބޮޑުވެފައިވާ ސަބަބެއް
ކަމުގައި ބެލެވިފައިވަނީ ރިސޯޓް ތަރައްޤީ ކުރުމުގެ މަސައްކަތުގައި ބައިވެރިވާ ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް
މުސްރަ ދެމުންގެންދާއިރު، އެއްބަސްވެފައިވާ ގޮތުގެމަތިން ރިޒް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް ޑިވެލޮޕަރ (ސީލް މޯލްޑިވްސް)ގެ
ފަރާތުން މުސާރަ އާއި ކޮއްތުގެ ފައިސާ ދެމުން ނުދިއުން". ލޯކްރާފްޓުގެ މުވައްކިލު، ރިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިން މައުލޫމާތަށް ބިނާކޮށް ނެރުނު ބަޔާނުގައި ވެއެވެ.
މިކަމާއި ގުޅިގެން ސީލްގެ ވަކީލުން ބުނަނީ އެ އެއްބަސްވުމުގައި ހަވާލާދީފައިވާ ކޮންޓްރެކްޓުގެ މުވައްޒަފުންގެ މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ހަރަދުކުރާނީ ކޮންޓްރެކްޓަރު ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ.
ސީލް މޯލްޑިވްސް އިން ބުނީ، ރިޒް ކުންފުނިން ހަވާލުވި މަސައްކަތަށް 12 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ދޭން ޖެހޭއިރު މިހާތަނަށް 21 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާނެ ކަމަށެވެ.
ސީލް މޯލްޑިވްސްއިން ބުނެފައިވާގޮތުން ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި އެ މިންވަރަށް ފައިސާ ހަމަޖައްސައިދީފައިވާނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން، ރިޒް ކުންފުނީގައި ހިމެނޭ މަސައްކަތް ކުރުވާފައި ތިބި މީހުންގެ ތެރޭގައި ސައްހަ ލިޔެކިއުން ނެތް މީހުންނާއި އިންޝޫރެންސް ނެތް މީހުންނާއި ވިސާ ނެތް މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވާކަމަށް ސީލް މޯލްޑިވްސްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވެއެވެ.
ސީލް މޯލްޑިވްސްއިން ބުނީ، ރިޒް ކުންފުންޏަށް އިތުރަށް ދޭން ޖެހޭ ފައިސާއެއް ނެތް ކަމަށެވެ. ނަމަވެސް މުވައްޒަފުން އެ ރަށުން ބާލާނީ އިތުރު އެއް މިލިއަން ރުފިޔާ ދިނުމުން ކަމަށް މީގެކުރިން ޑިމާންޑް ކޮށްފައިިވާ ކަމަށް ސީލް މޯލްޑިވްސް އިން ބުނެފައި ވެއެވެ.
ބޮޑުފިނޮޅުގައި އިއްޔެ ހަމަނުޖެހުން ހިނގާފައި ވަނީ މުސާރައިގެ މައްސަލާގައެވެ. އެރަށުގައި ތިިބި 12 ދިވެއްސަކު އިއްޔެެ ރަހީނުވެސް ކޮށްފައި ވެއެވެ. އެ މީހުން ސަލާމަތްކޮށްފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހުންގެ ބޮޑު ފައުޖެއް ގޮސްގެންނެވެ.
އިއްޔެގެ ހަމަނުޖެހުންތަކުގައި އެރަށުގައި ހުރި ގިނަ އުޅަނދުތަކަށާއި، ގިނަ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި މައްސަލާގައި ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އަދި މި ހަމަނުޖެހުންތަކާއި ކުރިމަތިލާން ނުކުތް ދެ ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ