ނައިވާދޫ ސިއްޙީ މަރުކަޒުގެ ދޮރަށް މޮހޮރުޖަހާ ބަންދުކޮށްފި

ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ މައި ދޮރަށް މޮހޮރުޖަހާ ބަންދުކޮށްފި އެވެ.
ނައިވާދޫން ވާހަކަ ދެއްކި ޒުވާނަކު ތިލަދުންއަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ކޮންބަޔެއްކަން ނޭންގޭބަޔަކު އެރަށު ސިއްޙީ މަރުކަޒުގެ މައި ދޮރު ބޮޑު ފިލާގަނޑެއްޖަހާ ބަންދުކޮށްފައިވާކަމަށެވެ. އެކަން ކުރީ ކޮންބަޔެއްކަން ނޭންގޭކަމަށް އެމަރުކަޒުގައި ޑިއުޓީ އަދާކުރަމުންދިޔަ ވޮޗަރަށްވެސް ނޭންގޭކަމަށް ވޮޗަރ ބުނެފައިވާކަމަށެވެ.
4 ފޫޓް 8 ފޫޓްގެ ފުލައިވުޑް ފިލައެއްގައި ބޮޑު އަކުރުން ސްޕްރޭއިން ލިޔެފައިވެއެވެ.
އެއިނާ އިތުރަށް ބުނީ ނައިވާދޫ ސިއްހީމަރުކަޒުގައި ބޭނުންކުރަމުން އައި އެންބިއުލާންސް ހަލާކުވެފައިއޮންނަތާ ވަރަށްދުވަސް ވެދާނެކަމަށެވެ. އެހެންކަމުން އެމަރުކަޒުން ދެމުންއައި އެންބިއުލާންސްގެ ޚިދުމަތް ހުއްޓިފައިވާކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
އެރަށުން ވާހަކަދެއްކި އިތުރު މީހަކު މަޢުލޫމާތުދެމުން ބުނެފައިވަނީ ހަފްތާއެއްކުރިން ނިޔާވި މީހާވެސް އުފުލަންޖެހުނީ އަތްދަނޑިމަތީގައި ކަމަށާއި ރޭވެސް ބަލިމީހަކު އުފުލާފައިވަނީ ފަތްޖެހި އެނދެއްގައިކަމަށެވެ.
އެރަށު ސިއްޙީ މަރުކަޒުގައި އެންބިއުލާންސް ހަލާކުވެފައިއޮންނަތާ 7 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު މިސަރުކާރު އައިފަހުން ވަނީ އެންބިއުލާން ޑްރައިވަރެއް އެމަރުކަޒަށް ވަޒީފާއަށް ނަގާފަ އެވެ.
އަތޮޅުތަކަށް ހާއްސަ ކޮށްގެން ޖަޕާނު ސަރުކާރުން 24 އެމްބިއުލާންސް ހަދިޔާކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. ސަރުކާރުގެ ސިއްހީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ނޭޝަނަލް އެމްބިއުލާންސް ސަރވިސް" ތައާރަފްކުރުމަށްޓަކައި ޖުމްހޫރީ މައިދާނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ އަމީން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވެފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ