ހައި ސްކޫލު މިއުޒިކަލްގެ ތަރި އޭޝްލީ އަށް ދަރިއަކު ލިބެނީ

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ހައި ސްކޫލު މިއުޒިކަލް ފިލްމުތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދި ބަތަލާ އޭޝްލީ ޓިސްޑޭލް 35، އަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި އެވެ. ބަތަލާ އޭޝްލީ ބަނޑުބޮޑުކަން އެނގުނީ އިންސްޓަގްރާމުގައި މިދިޔަ ހުކުރު ދުވަހު އޭނާ ހިއްސާކުރި ޕޮޓޯތަކުންނެވެ. އެ ފޮޓޯތައް ހިއްސާކުރުމާއެކު ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔަމުންދިޔައިރު އޭނާ އަށް އެންމެ ފުރަތަމަ މަރުހަބާކީ ހައި ސްކޫލު މިއުޒިކަލްގައި އޭނާއާއެކު ހަރަކާތްތެރިވި ތަރި ވެނެސާ ހަޑްސަން އެވެ. އޭޝްލީ ކައިވެނިކޮށްގެން އުޅެނީ މިއުޒީޝަން ކްރިސްޓޮފާ ފްރެންޗްއާ އެވެ. މިއީ އެދެތަރިންގެ ވެސް އަލަތު ދަރިފުޅެވެ. ދެތަރިންގެ ހަވަނަ އަހަރުވީ އެނިވާސަރީ ފާހަގަ ކުރީ މި މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ