"ސިޔާސީކާމިޔާބީގައި މީޑިޔާގެ ގުޅުން" ރައީސް ނަޝީދު ނެރެދެއްވައިފި

ނޫސްވެރިކަމުގެ ދާއިރާގައި މަޝްހޫރު ނޫސްވެރިޔާ އިބްރާހީމް މުޙައްދު ލިޔުއްވާފައިވާ "ސިޔާސީކާމިޔާބީގައި މީޑިޔާގެ ގުޅުން" ރައީސް ނަޝީދު ނެރެދެއްވައިފި އެވެ. މިފޮތް ނެރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މަޖިލީހުގެ އިދާރާގައެވެ. ރާއްޖޭގެ ސިޔާސީ ހަޔާތުގައި މީޑިޔާގެ ދައުރާއި މީޑިޔާގެ ސަބަބުން ލިބިގެން ގޮސްފައިވާ ކާމިޔާބީތަކާއި ގުޅޭގޮތުން އިބްރާހީމް މުޙައްދު ލިޔުއްވާފައިވާ މިފޮތް ނެރުންވިކަން ބަޔާކޮށް މަޖިލީހުގެ ޓްއިޓާރ އެކައުންޓުން ފޮޓޯއާއިއެކު ޝެއާރކޮށް ވިދާޅުވެފައިވަނީ މިފޮތް ނެރެދެއްވީ ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި މިހާރުގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުކަމަށެވެ.
އިބްރާހީމް މުޙައްދަކީ ހަވީރުނޫސްފަދަ ރާއްޖޭގެ މަޝްހޫރުނޫސްތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިބްރާހީމް މުޙައްމަދުއަކީ ކުރީން މަޖިލީހުގެ މީޑިޔާގެ ހެޑަކަށްވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އިބްރާހީމް މުޙައްމަދު މަޝްހޫރުވެގެން ގޮސްފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އަދި މިހާރުގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު 2008 ގައި ވެރިކަމަށް ވަޑައިގަތުމުގެކުރިން އެއްވުމެއްގައި ރައީސް ނަޝީދު ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރި ދުވަހެއްގައި ފުލުހުންނަން ނޫސްވެރިއަކު ހުރަސްއެޅިކަމުގެ ތުހުމަތުކޮށެވެ.
އިބްރާހީމް މުޙައްމަދު މަޖިލީހުގެ މީޑިޔާގެ ހެޑުގެ މަޤާމުންވަކިކޮށްފައިވަނީ ރައީސްނަޝީދުގެ ވެރިކަށް 2012 ގައި ބަޣާވާތަކުން ވައްޓާލުމާއި ގުޅިގެންނެވެ. އޭގެ ފަހުން އިބްރާހީމް މުޙައްމަދު މަސައްކަތްކުރައްވާފައިވަނީ މިނިސްޓްރީ އޮފް ޖެންޑާއެންޑް ފެމިލީ އެންޑް ޝޯޝިއަލް ސާރވިސްގެ ސީނިއަރ މަޤާމެއްގައެވެ. އަދި މިހާރު އިބްރާހީމް މުޙައްމަދު އަދާކުރައްވަނީ އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރގެ މަޤާމެވެ. އެއީ ސިޔާސީ މަޤާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ