އިޔާޒްގެ ރައްދު އީވާއަށް: ގޮނޑިއެެއް ލިބުމަކީ ސައިޒް އޮޅެން ޖެހޭ ކަމެއް ނޫން

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފްގެ ވާހަކަތަކަކީ އިސްލާމްދީނަށް "ހުތުރު އެރުވުން" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް އިޔާޒު މިއަދު ރައްދު ދެއްވައިފި އެވެ.
އިޔާޒަށް އީވާ ފާޑުވިދާޅުވީ ޖިންސީ ކުށުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބަހުސްގަ އެވެ. ޖިންސީ ކުށްތައް މަދުކުރަން އިސްލާމީ އުސޫލުން ހެދުން އެޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ ޑރ. އިޔާޒް ކުރެއްވި ޓްވީޓަކާ މެދު ނުރުހުން ފާޅުކުރައްވަމުން އީވާ ވިދާޅުވީ އެއީ "ވަރަށް މުޑުދާރު ވާހަކައެއް" ކަމަށެވެ. ޖިންސީގޯނާކުރަނީ އަންހެނުން ލާ ހެދުމަކުން ނޫން ކަމަށާއި އިޔާޒުގެ ބަސް މަގު ހުންނެވީ އެގޮތަށް ކަމަށް ވިދާޅުވެ އީވާ ހިތްހަމަނުޖެހުންފާޅުކުރެއްވި އެވެ.
އީވާ އަށް ރައްދު ދެއްވައި އިޔާޒް ފުލުފުލުގައި ކުރެއްވި ޓްވީޓްތަކުގެ ތެރެއިން ފުރަތަމަ ޓްވީޓްގައި ވިދާޅުވީ ކިތަންމެ ވަރުގަދަ އިންޒާރެއް ނުވަތަ އަނިޔާއެއް ދިނަސް ކަން އޮތް ގޮތް ރައްޔިތުންނަށް ބަޔާންކޮށް ދެއްވާނެ ކަމަށެވެ. އީވާ ޓެގް ކުރައްވައި ދެ ވަނަ އަށް ކުރެއްވި ޓްވީޓްގައި އިޔާޒް ވިދާޅުވީ މަޖިލީހުގެ ގޮނޑިއެއް ލިބުމަކީ "ސައިޒް އޮޅެންޖެހޭ ވަރުގެ ކަމެއް ނޫން" ކަމަށެވެ.
"އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ހިމާޔަތަށް ވުރެ ބޮޑު ހިމާޔަތެއް އެހެން އެއްވެސް ދީނަކަށް އަދި ބަޔަކަށް ނުދެވޭނެ ކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ އީވާ، މަޖިލީހުގެ ގޮނޑިއެއް ލިބުމަކީ ސައިޒް އޮޅެންޖެހޭ ވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
Meehaku kithanme rulhi ai namaves, kithanme varugadha inzaareh dhin namaves, kithanme bodu aniyaa eh dhin namaves dheenugai kan onna goiy rayyithunnah bayaan koh dhinumugai enme thankolheh ves fahathakah nujeheynan, in sha Allah. @evattey— Dr Mohamed Iyaz (@dr_iyaz) July 14, 2020
އީވާ އަށް ރައްދު ދެއްވައި އިޔާޒް ކުރެއްވި ޓުވީޓެއް.މަޖިލީހުގައި އީވާ މިއަދު ތުހުމަތު ކުރެއްވި ގޮތުގައި "އަންހެނުންގެ އައުރަ ނިވާކުރާ ނަމަ ޖިންސީ އަނިޔާ ނުލިބޭނެ ކަަމަށް" ދޭހަވާ ފަދަ ގޮތަކަށް އިޔާޒް ވަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވައިފަ އެެވެ.
Meehaku kithanme rulhi ai namaves, kithanme varugadha inzaareh dhin namaves, kithanme bodu aniyaa eh dhin namaves dheenugai kan onna goiy rayyithunnah bayaan koh dhinumugai enme thankolheh ves fahathakah nujeheynan, in sha Allah. @evattey— Dr Mohamed Iyaz (@dr_iyaz) July 14, 2020
"ޑރ. މުހައްމަދު އިޔާޒް ޓްވިޓާ ހޭންޑުލްގައި ޖަހާލައިފައި، ޓީވީއަށް އަރާ އިނދެ ޝޭހު ކިޔާލާފައި މި ލިޔެލަނީ އަންހެން މީހާ އައުރަ ނިވާވީމާ ޖިންސީ އަނިޔާއެއް ނުހިނގާނޭ. މިހެން މި ލިޔެލަނީ، އިއްޒަތްތެރި ރައީސް، މިއީ މުޑުދާރު ވާހަކައެއް. މިއީ މުޑުދާރު ވާހަކައެއް،" އީވާ ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެގޮތަށް ވާހަަކަ ދައްކާ މީހުން އެކުރާ ކަމަކީ އިސްލާމްދީނުގެ ހަގީގީ ދަންނަ ބޭކަލުންނަށް ހުތުރު އެރުވުމެވެ. އަދި ވަރަށް ބޮޑަށް ކޯފާ އިސްކުރައްވަައި އިޔާޒަށް އިންޒާރު ދެއްވަމުން އީވާ ވިދާޅުވީ "އޭނާ އެ ދައްކަވާ ވާހަކަ ހުއްޓުވާނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ