ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމެއް އޮތުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީން ކޮންމެ ފޮއި ދުވަހަކުން ނެރޭ އެޕާޓީގެ ޚަބަރު ސިޓީގައި ލިޔުއްވި ލިޔުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ދިހަ އަހަރުގައިވެސް އެމްޑީޕީއަށް ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތްކޮށްދެވެން އޮތް ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމެވެ.
ނަމަވެސް މިއީ ފަހުގެ ވާހަކައެއް ކަމަށާއި، މިއަދު ފާހަގަކުރާ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅުމެއް ނެތް ވާހަކައެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ ދަންނަވާނެކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ