ޝަހީދުންގެ ބިނާ ފަރުމާ ކުރުމަށް ހުޅުވާލި މުބާރާތް ފަސްކޮށްފި

ޝަހީދުންގެ ބިނާ ފަރުމާ ކުރުމަށް ހުޅުވާލި މުބާރާތް ފަސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މި މުބާރާތް ފަސްކޮށްފައިވަނީ މި މުބާރާތުގައި ގިނަ އަދަދެއްގެ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނާއި، ޝަހީދުންގެ ބިނާ ފަރުމާކުރުމަށް އުފެއްދުންތެރި ޚިޔާލުތަކެއް ހުށަހެޅުމުގެ ފުރުސަތު ގިނަ ބަޔަކަށްދީ، އެކަމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންނެވެ.
ޝަހީދުންގެ ބިނާ ފަރުމާކުރުމުގެ މުބާރާތް ބާއްވާނެ ވަގުތާއި މުއްދަތު ފަހުގެ ތާރީޚެއްގައި އަލުން އިއުލާނު ކުރާނެ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ޝަހީދުންގެ ބިނާ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކުރިން ހުޅުވާލީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޝަހީދުންގެ ބިނާ އަކީ ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ގައުމީ ފެންވަރުގެ ބިނާއެއް ގާއިމުކުރުމަށްޓަކައި ސަރުކާރުން ބިނާކުރަން ނިންމި އިމާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ