ޑީއާރުޕީ ނަމާއި ލޯގޯ އާއި ދިދަ ބޭނުންކުރުން ހުއްޓުވައި ދިނުމަށް ކޯޓަށް ހުށަހަޅައިފި

އިދިކޮޅު ޑީއާރުޕީގެ ނަމާއި ލޯގޯ އާއި ދިދަ ސިޔާސީ އެކި ފަރާތްތަކުން ބޭނުންކުރަމުން ގެންދާތީ އެކަން ހުއްޓުވައި ދިނުމަށް އެ ޕާޓީން ބުރާސްފަތިދުވަހު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ އިތުރުން އެހެން ބައެއް ސިޔާސީ ފަރާތްތަކުން، ޕާޓީގެ ނަމާއި ލޯގޯ އާއި ދިދަ ބޭނުންކުރުން އާންމުވެ އާންމުންނަށް ކަންކަން އޮޅޭ ހިސާބަށް ދިއުމުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކޯޓަށް ހުށަހެޅި މައްސަލާގައި "އުމަރު ނަސީރާއި އޭނާގެ ބައިވެރިންގެ މައްޗަށް ދައުވާ އުފުލާފައިވާނެ" ކަމަށެވެ.
"އަޅުގަނޑުމެން އެ ދައުވާއާ އެކު ހިމަނާފައި ވާނެ އުމަރު ނަސީރުގެ ވޭލް ސަބްމެރިންގައި ޑީއާރުޕީގެ ހަރަކާތްތައް ހިންގަމުން ގެންދާ ކަމުގެ ސާބިތު ހެކިތައް. އެކިއެކި މީޑިއާ އިވެންޓްތަކުގައި އެފަދަ ކިތަންމެ ހެއްކެއް ފެންނަން އެބަހުރި،" އޮފިޝަލް ވިދާޅުވި އެވެ.
ޑީއާރުޕީގެ ނަމާއި ލޯގޯ އާއި ދިދަ އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ ހިޔާލު ތަފާތުވެފައިވާ އެކި ފަރާތްތަކުން ބޭނުންކުރަމުން ގެންދާ މައްސަލަ މީގެ ކުރިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ