ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވާން މާދަމާ ހުޅުވާލަނީ

ކޮވިޑު-19 ވެކްސިން ޖެހުމަށް ރެޖިސްޓްރީވާން މާދަމާ ހެނދުނު ހުޅުވާލާނެކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑު ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން މާދަމާ ހެނދުނު ހުޅުވާލާނެކަމަށެވެ.
ކޮވިޑު ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ޖެހޭނީ my.health.mv ޕޯޓަލުންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ދިނުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާނީ ސިއްހހީ ހިދްމަތްތެރިން ކަމަށެވެ. އެގޮތުން މާދަމާ ހުޅުވާލާނީ ސިއްހީ ހިދްމަތްތެރިންގެ ކެޓަގަރީގެ މީހުންނަށްކަމަށް ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ސިއްހީ ހިދްމަތްތެރިން ރަޖިސްޓްރީ ކުރުމަށްފަހު އެހެން ކެޓަގަރީ ތަކުން ވެކްސިނަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ