ގެސްޓްހައުސް ހުޅުވުމާ ދެކޮޅަށް ފުޅަދޫގައިވެސް މުޒާހަރާ ކޮށްފި!

ގެސްޓް ހައުސް ހުޅުވުމާ ދެކޮޅަށް ބ.ފުޅަދޫގައި މުޒާހަރާ ކޮށްފިއެވެ.
އަތޮޅު ތެރޭގެ 29 ރަށެއްގެ ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ދީފައިވާއިރު، ފުޅަދޫގައި ހިންގަމުން އަންނަ ތްރީ ހާޓް ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ އެމިނިސްޓްރީން ވަނީ ދީފައެވެ.
އެހެްހނަނަމަވެސް މައްސަލައެއްގެ ގޮތުގައި މުޒާހަރާގެ ބައިވެރިން ފާހަގަ ކުރަނީ ލޯކަލް ޓޫރިޒަމް ހުޅުވާ އިރުގައި އެޗްޕީއޭގެ ގައިޑްލައިންގައި އޮތް ގޮތުން އެބޭފުޅުނަށް އޮތް ދަތިތަކެވެ.
އެޗްޕީއޭގެ ގައިޑްލައިންގައި ވާގޮތުން ގެސްޓް ހައުސް ހުޅުވާފައި ހުންނަ ރަށްރަށުން އެހެން ރަށަކަށް ދަތުރު ކުރަން ޖެހޭނަމަ ކަރަންޓީން ވާންޖެހެއެވެ.
ފުޅަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ އަޒްހަރު ވިދާޅުވީ، ސުލްހަވެރި ކަމާއެކު އެރަށުގެ ރައްޔިތުން ޚިޔާލު ފާޅުކުރަން ކައުންސިލް ދޮށަށް އިއްޔެ އެއްވެފައިވާ ކަމަށެވެ.
“ރައްޔިތުންގެ ތެރެއިން ބޭފުޅުން ކޮޅެއް ވަޑައިގެން ކައުންސިލް އިދާރާ ދޮށުގައި ކަންބޮޑުވުން އެބަ ފާޅު ކުރައްވާ. އެބޭފުޅުން ކަންބޮޑުވުމަކީ ލޯކަލް ޓޫރިޒަމް ހުޅުވާ އިރުގައި އެޗްޕީއޭގެ ގައިޑްލައިންގައި އޮތް ގޮތުން އެބޭފުޅުނަށް އޮތް ދަތިތައް. ހައްލެއް ލިބޭތޯ އަޑު އުފުލަމުން ދަނީ” އަލީ އަޒްހަރް ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ