ބިން ހިއްކުމުގެ ދެ މަޝްރޫއުއަކާ އެކު އެމްޓީސީސީން މިދިޔަ 3 މަސް ތެރޭ 10 ޕްރޮޖެކްޓެއް ނިންމި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމުލަ 10 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން އިއްޔެ ވަނީ މިދިޔަ އަހަރުގެ ހަތަރު ކުއާޓާގެ ރިޕޯޓް އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން, ހަތަރު ވަނަ ކުއާޓަރާ ހަމައަށް އައި އިރު, އެމްޓީސީސީން ދިޔައީ 103 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ޕްރޮޖެކްޓުތަކުގެ ތެރެއިން 10 ޕްރޮޖެކްޓެއް އެ މުއްދަތުގެ ތެރޭގައި ނިންމި ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ބިން ހިއްކުމުގެ ތިން މަޝްރޫއެއްވެސް ހިމެނެ އެވެ.
އެމްޓީސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން, ހަތަރު ވަނަ ކުއާޓާގައި އިތުރު 18 ޕްރޮޖެކްޓެއް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. އަދި އަށް ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ވަނީ ފަށައިފަ އެވެ.
އެމްޓީސީސީން ކުރަމުންދާ މަސައްކަތްތަކަށް ބަލައި އިރު, އެ ކުންފުނިން މިހާރުވެސް ދަނީ 43 ރަށެއްގެ ބަނދަރު ހެދުމާއި 19 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އަދި 11 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތާއި ތިން އެއާޕޯޓެއްވެސް މަސައްކަތްވެސް ދަނީ ކުރަމުންނެވެ.­
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ