ސްޕޯޓްސް ކައުންސެލަރުގެ މަގާމަށް މީހަކު ހޯދަން ފައިނު ކައުންސިލުން އިއުލާން ކޮށްފި

ސްޕޯޓްސް ކައުންސިލަރުގެ މަގާމުގައި ހުރި މުވައްޒަފު ވަޒީފާއިން ވަކިވުމާއި ގުޅިގެން، އެ މަގާމަށް މުވައްޒަފަކު ހޯދަން ފައިނު ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން، އެ މަގާމަކީ ސިވިލްސަރވިސްގެ ޖީއެސް 3 ލެވެލްގެ މަގާމެކެވެ. ދާއިމީ މި ވަޒީފާގެ އަސާސީ މުސާރައަކީ 4465 އެވެ. އޭގެ އިތުރުން ސަރވިސް އެލަވަންސްގެ ގޮތުގައި 1500 އަދި ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި 700 ރުފިޔާ ލިބޭނެއެވެ. މި މަގާމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 4 ޖަނަވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ