މިސްކިތްތައް މަރާމާތު ކުރާނެ ފައިސާ ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ޓެލެތޯނެއް ފަށަނީ!

މިސްކިތްތައް މަރާމާތު ކުރާނެ ފައިސާ ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ޓެލެތޯނެއް ފަށަން ނިންމާފައިވާކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން ރޭބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މިސްކިތްތައް މަރާމާތު ކުރަން ބޭނުންވާ ފައިސާ ހޯދުމަށް ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން އިންވެސްޓް ފޯރަމް ސްޓައިލަށް މިސްކިތްތައް މަރާމާތުކުރުމަށް ޓެލެތޯނެއްގެ ގޮތުގައި ފޯރަމެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
މިފޯރަމް އަންނަ މަހުގެ 10 ވަނަ ދުވަހު ސަލްޓަން ޕާކްގައި ފަށަން ހަމަޖެހިފައިވާއިރު ފޯރަމްގައި ކޮންމެ މިސްކިތަކަށް ސްޓޯލެއް ހަދާނެ ކަމަށާއި ކޮންމެ ސްޓޯލަކުން ވެސް އެ މިސްކިތެއްގައި ކުރަންހުރި މަރާމާތުގެ މަސައްކަތުގެ ތަފްސީލު ހިއްސާކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ ހުރިހާ ރައްޔިތުންނާއި ހުރިހާ ވިޔަފާރިވެރިން މިކަމަށް އެއްބާރުލުން ދިނުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ