މުލަކު ސްކޫލު ދަރިވަރުން ހޭލުންތެރިކޮށް ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ޕްރޮގްރާމެއް ހިންގައިފި

މުލަކު ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ މި އޮގަސްޓް މަހުގެ 23 ން 24 އަށް ހިންގި މި ޕްރޮގްރާމަކީ ސްކޫލު ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުންނާއި ޤާނޫނުތަކަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން މުލަކު ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މުލަކު ސްކޫލާއި ގުޅިގެން ހިންގި ޕްރޮގްރާމެއް ކަމަށެވެ.
“މުލަކު ސްކޫލުގެ ގްރޭޑް 7،8،9 އަދި 10 ގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުން ބައިވެރިވި މި ޕްރޮގްރާމުގައި ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންނާއި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައި، އަދި އާއްމު އިޖުތިމާޢީ މިންގަނޑުތަކާ ހިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ބެހޭގޮތުންވެސް ދަރިވަރުންނަށް މަޢުލޫމާތު ދީފައި” ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމުގައި މަޢުލޫމާތު ދެނީ މުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ. ރަށްރަށުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން ދަނީ އެރަށްރަށުގެ ސްކޫލު ދަރިވަރުން ހޭލުންތެރިކުރުމުގެ ސިލްސިލާކޮށް ތަފާތު ޕްރޮގްރާމްތައް ހިންގަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ