ކޮވިޑް19 އާ ގުޅިގެން ވީއައިއޭ އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ވީއައިއޭ އިން ވަނީ ފަސިންޖަރުން ބޭނުންކުރާ ޓްރޮލީ ފަދަ ތަކެތި ފަސިންޖަރުން އައުމުގެ ކުރިން ހުންނަނީ ސެނިޓައިޒްކޮށް، ޑިސްއިންފެކްޓް ކޮށްފައެވެ. އަދި އެއާޕޯޓުގައި ބޭނުންކުރާ ބަސްތަކާއި ބެގެޖު ބެލްޓް ޑިސްއިންފެކްޓު ކުރާކަމަށް ވެސް އެމްއޭސީއެލްއިން ބުނެއެވެ.
މީގެކުރިންވެސް އެއާޕޯޓުގެ ގިނަ ސަރަހައްދުތަކެއް ވަނީ ޑިސް އިންފެކްޓު ކޮށްފައެވެ. މީގެއިތުރުން މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 27 ގެ ނިޔަލަށް ކޮންމެ ރެއެއްގެ 9:00 އިން ހެނދުނު 6:00 އަށް ވީއައިއޭ ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.
ނަމަވެސް، ރާއްޖެ އަށް ބޭރުން ލިބޭ އެހީ ގެނައުމަށާއި އާއި މެޑިކަލް އިވެކުއޭޝަންތަކަށް އެއާޕޯޓް ހުޅުވާލާނެ އެވެ. މީގެ އިތުރުން ޝެޑިއުލްގައި ނެތް ދަތުރުތަކަށް ތިން ގަޑިއިރު ކުރިން ނޯޓިސް ދިނުމުންވެސް އެއާޕޯޓު ހުޅުވާލާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ