މާލެ ކައިރިން ދަތުރުދާނެ ރަށެއް ވަރަށް އަވަހަށް ތަރައްގީ ކުރެވިގެންދާނެ: ރައީސް

މާލެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ގިނަ ކަންތައްތަކެއް ވަރަށް އަވަހަށް ކުރައްވާނެ ކަމަށެވެ. އެގޮތުން ރަނގަޅު ހިދުމަތްތަކާ އެކު މާލެ ސަރަހައްދުން ދަތުރު ދިއުމަށް ވަރަށް އަވަހަށް ރަށެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.
މާލެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވިދާޅުވެފައިވެ އެވެ.
 
މާލެ ކައިރީގެ އިތުރުން ބައެއް އަތޮޅުތަކުގައި ވެސް ޕިކްނިކް ދާނެ ފަޅު ރަށެއް ނެތުމުގެ ޝަކުވާއޮވެ އެވެ. ރައީސް ސޯލިހު ވަނީ ކޮންމެ އަތޮޅެއްގައި ވެސް އެފަދަ ރަށެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ