ފަރަށް އެރި "އަލްމާ" ބޯޓުްން މުދާ ހުސްކުރުމުގެ މަސައްކަތް ފަށައިފި

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި "އަލްމާ" ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އެރި "އަލްމާ" ބޯޓައް  އެމްއެންޑީއެފް ގެ އެހީތެރިކަމާއެކު ބޯޓުން މުދާހުސް ކުރުރުމާއި   ޕަންޕު ބޭނުން ކޮށްގެން ބޯޓު ދިޔަގަނޑު ކޮންޓްރޯލް ކުރުުމުގެ  މަސައްކަތްވެސް ދަނީ ކުރަމުންނެވެ. 
 ރޭ 02:57 ހާއިރު ލިބުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައެވެ.
މި ހާދިސާ ހިނގި އިރު ބޯޓުގައި 11 މީހުން ތިއްބެވެ.
އޭގެ ތެރޭގައި ހިމެނެނީ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 5 ބިދޭސީންނާއި 4 ދިވެހިންގެ އިތުރުން ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި 1 ބިދޭސީ އަކާއި ދިވެއްސެކެވެ.
އަލްމާ ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން ލޯންޗުގެ ޑައިވަރުން، ޑައިވިންގއަށް ފައިބައިގެން ބެލި އިރު އަލްމާ ބޯޓުގެ ވާތް ފަރާތުން ގާތްގަނޑަކަށް 3 ފޫޓު ހާތަން ވަނީ ފަޅައިގެން ގޮސްފަވެއެވެ.
އަދި ބޯޓު ފަރަށް އަރައި އެއް ފަޅިއަށް އަރި އަޅާލާފައިވާތީ ބޯޓުގައި ހުރި މުދާތައް އެހެން ދޯންޏަކަށް ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ދަނީ ކުރަމުންނެވެ.މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި 2 މީހުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ލޯންޗެއްގައި ސަލާމަތްތެރިކަމާއެކު މީދޫއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ