އެމެރިކާއިން އީރާންގެ ޑްރޯނެއް ވައްޓާލައިފި

އެމެރިކާއިން އީރާންގެ ޑްރޯނެއް ވައްޓާލައިފިއެވެ.
އެމެރިކާއިން އިރާންގެ ޑްރޯނެއް ވައްޓާލާފައިވާއިރު، މީގެ ކުރިން އިރާނުންވަނީ އެމެރިކާގެ ޑްރޯނެއް ވައްޓާލާފައެވެ.
އެމެރިކާއިން އިރާންގެ ޑްރޯނެއް ވައްޓާލާފައިވާކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕްވަނީ ކަށަވަރުކޮށްދީފައެވެ.
"އެމެރިކާގެ އަސްކަރީ އުޅަޑު ފަހަރަކާ ކައިރިވީ. 1000 ޔާޑަށްވުރެ ކައިރިވި، އެތައް ފަހަރަކު އިންޒާރުދިން. އިންޒާރަށް އަމަލު ނުކުރުުމުން ޑްރޯން ވައްޓާލީ" ޓްރަންޕް ބުންޏެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ