ރ އަތޮޅުން ތ އަތޮޅަށް ގަދަވަޔާއިއެކު ވިއްސާރަކުރާނެ

ރ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ގަދަވަޔާއިއެކު ވިއްސާރަކުރާނެކަމަށް ލަފާކޮށް އެސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމަބެހޭ ޤައުމީ އިދާރާއިން ބުނީ މިއަދު 15:30 އިން ފެށިގެން މިރޭ 20:00 އާއި ހަމައަށް މިސަރަހައްދަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމުގައެވެ.White alert for heavy rain, thunderstorms & gusts. pic.twitter.com/4t1DbTwrGC— Maldives Meteorology (@MetMaldives) July 19, 2019
މީގެއިތުރުން ވިލާގަނޑުގައި މިސަރަހައްދުތަކަށް 50 މޭލަށް ވައި ބާރުވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމަބެހޭ އިދާރާއިން ބުނެއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ދުވަސްވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ