އަންނަ މަހު މޯދީ ރާއްޖެއަށް!

އިންޑިއާގައި ބޭއްވި އާންމު އިންތިހާބު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރައްވައި، ދެވަނަ ދައުރެއް ދިފާއުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ރާއްޖެ ވަޑައިގަންނަވަން ހަމަަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯދީ އަންނަ މަހު ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރާއްޖެ އަށެވެ. މޯދީ ރާއްޖެ ވަޑައިގަންނަވާނީ ކުރިއަށް އޮތް ޖޫން މަހުގެ 7 އިން 8 އަށް ކަމަށްވެސް އެނގިފައިވެ އެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، މޯދީ ރާއްޖެވަޑައިގަންވާކަން އަދި ރަސްމީކޮށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި، ރާއްޖެ ވަޑައިގަންނަވާނަމަ ދެ ޤައުމުން އެއްބަސްވާ ތާރީޚެއް ހަމަޖެހުމުން އެކަން މީޑިއާއި ހިއްސާކުރައްވާނެ ކަމަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުންވެސް ރިޕޯޓް ކުރާ ގޮތުގައިވެސް ބޮޑުވަޒީރުގެ ހައިސިއްޔަތުން މިފަހަރު މޯދީ ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ދިވެހިރާއްޖެއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ