އެއް ހޮރަކުން، މޫމިނުން ގަޔަކަށް ދެ ފަހަރަކު ކައްޓެއް ނުޖެހޭނެ:ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށް ނުލިބިއްޖެ ނަމަ ސަރުކާރު ހުއްޓުމަކަށް އަންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ސަރުކާރަށް އެކި ކަހަލަ ހުރަސްތައް ކުރިމަތި ކުރާނެ ކަމަށެވެ."2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތެއްގައި ބަޣާވާތަކުން ނިމުމަކަށް ގެނެވުނީ ވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޭރު ސަރުކާރަށް ނެތުމުން. އޭރުގެ މަޖިލީހުން ސަރުކާރުގެ މިނިސްޓަރުން މަގާމުން ދުރުކޮށް، ޕްރޮޖެކްޓްތައް ހުއްޓުވަން ފެށުމާއި ގުޅިގެން ދައުލަތުގެ މުއްސަސާތަކުން ސަރުކާރަށް ކުރާ އިތުބާރު ގެއްލުނީ އަދި ފަނޑިޔާރުން ވެސް ސަރުކާރާ ދުރުވާން ފެށީ"ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އެއް ހޮރަކުން، މޫމިނުން ގަޔަކަށް، ދެ ފަހަރަކު އިރާދަކުރެއްވިއްޔާ ކައްޓެއް ނުޖެހޭނެކަމަށާއި މިފަހަރު އެމްޑީޕީއިން ނިކުމެ ތިބީ މި ރާއްޖޭގެ ސިޔާސީ ހަގީގަތްތައް ވަރަށް ރަނގަޅަށް އެގިގެންކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ