ރޮޒޭނާ ފަދަ ކަނބަލުން ލިބެނީ ވަރަށް މަދުން، ހޮއްވަވައިދެއްވާ!: ރައީސް ނަޝީދު

ސިޔާސީ މައިދާނުގައި ރޮޒޭނާ އާދަމް ފަދަ ކަނބަކުން ލިބެނީ ވަރަށް މަދުން ކަމަށާއި އެހެން ކަމުން އެކަމަނާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮއްވަވައިދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީ މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ރޮޒެއިނާ އާދަމްގެ ކެމްޕެއިން ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދާއިރާގެ ހުރިހާ ރައްޔިތުން ގުޅިވަޑައިގެން ހުރިހާ ގޭގެއަށް ވަޑައިގެންދެއްވައި ރޮޒޭނާ ހޮއްވައިދެއްވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވުން މުހިންމު ކަމަށެވެ.
"ހުރިހާ ގެއަކަށް ވެސް ވަޑައިގެންދެއްވާ! އަޅުގަނޑުމެންގެ އެޖެންޑާ ކިޔައިދެއްވާ! އެޖެންޑާ 19ގައި އެވަނީ ރައްޔިތުންނަށް ބޭނުންވާނެ ކަންކަން. އެކަންކަން ކިޔައިދެއްވީމަ ރައްޔިތުން ވޯޓުދެއްވާނެ. އޭގެން އެރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދޭނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގުޅިވަޑައިގެން ކުރައްވާ މަސައްކަތުން ރައްޔިތުން އެދޭ ބަދަލު ގެނެވޭނެ ކަމަށާއި ގައުމު ބަދަލު ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ