ވަގަށް ނަގާފައިވާ ސައިކަލެއްގެ ބައިތަކެއް ހިތަދޫ ގެއަކުން ފެނިއްޖެ

ވަގަށް ނަގާފައިވާ ސައިކަލެއްގެ ބައިތަކެއް ސ. ހިތަދޫ ގެޔަކުން ފެނިއްޖެ އެވެ.
ވަގަށް ނަގާފައިވާ މި ސައިކަލުގެ ބައިތައް ފުލުހުން ހޯދާފައިވަނީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ފާސްކުރުމުގެ ތެރެއިން ރޭގެ ވަގުތެއްގައެވެ. އެގޮތުން ފުލުހުންނަށް މި ސައިކަލުގެ ބައިތައް ފެނިފައިވަނީ ދެ ގޯންޏަކަށް އަޅާފައި ހުއްޓައެވެ. މިތަކެތ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ