ޝައިމްގެ އަބުރު ގެއްލޭފަދަ މައުލޫމާތެއް ހާމަނުކުރެވޭނެ - ނަޝީދު

ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުއަޓާ ގެއްލިގެން ހޯދަމުންދާ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ އާ ގުޅޭ ޒާތީ މައުލޫމާތު ސިއްރުކުރެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިމްއާ ގުޅޭ ގިނަ މައުލޫމާތުތަކެއް މިނިސްޓަރު ޝިދާތާ ޝަރީފު ހާމަކުރައްވާފައި ވަނިކޮށް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ގެއްލިގެން މި އުޅެނީ ކުޑަކުޑަ ކުއްޖެއް ކަމަށާއި އެ ކުއްޖާއާ ގުޅޭ ޒާތީ މައުލޫމާތު ހިފެހެއްޓި، ސިއްރު ކުރެވެން ޖެހޭނެ ކަމަށެވެ.
"ވަކި ފަރުދެއްގެ އަބުރު ގެއްލޭފަދަ މައުލޫމާތެއް ހާމަނުކުރެވޭނެ ރާއްޖޭގެ އެތައް ބައެއް އެކަމާ ކަންބޮޑުވޭ. މިހާރު ދެ ހަފްތާ ވަނީ ޝައިމު ނުފެނި" ނަޝީދު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިމްގެ ވާހަކަތައް އެހާ ތަފްސީލްކޮށް ކިޔާދީފައިވާތީ ގިނަފަރާތްތަކެއްގެ ފާޑުކިޔުން ވަނީ ޝިދާތާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުއްﷲ ވެސް ވަނީ އެކަމަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ